ދަރިން ތަރުބިއްޔަތު ކުރުމުގައި އެކުދިން ދިރިއުޅުމުގެ ކަންކަމަށް ހޭލުންތެރިކުރުވައި، ހޭނުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ކުއްޖަކު ބޮޑުވެ ފުރާވަރަށް އަޅާއިރު ވެސް ދަސްވެފައި ހުންނަންވާ ދިރިއުޅުމުގެ އާދަތަކެއް ހުރެ އެވެ.
ކެއުމުގެ އަދަބުތައް
ކެއުމުގެ އަދަބުތަކަކީ އެންމެ ތުއްތު އިރުއްސުރެ ފެށިގެން ދަރިންނަށް ދަސްކޮށްދޭން ޖެހޭ އަދަބުތަކެކެވެ. އެގޮތުން ކާއިރު ބޭރަށް ނޭޅުމާއި އިސްރާފު ނުކުރުން ފަދަ ކަންކަމަކީ ހެދިބޮޑު ވަމުން އަންނަ ކުދިންނަށް އެނގުން މުހިއްމު ކަމެކެވެ.
އަމިއްލަ އެނދު ތަންމަތި އެޅުން
ދަރިންނަށް އެކުދިން ނިދާ އެނދު ތަންމަތި އަޅަން ދަސްކޮށްދިނުމަކީ ފުރާވަރަށް އަޅައިގެން އަންނަ އިރު އެކަން ކުރަން ހިތްވަރު ލިބޭނެ ކަމެކެވެ. އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރަން ތުއްތު އިރުއްސުރެ ދަރިން ހޭނުވަން ޖެހޭނެ އެވެ.
ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތް
ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތް ދަރިންނަށް އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. އެގޮތުން އެމްބިއުލާންސާއި ޕޮލިސް އަދި ފަޔާ ބްރިގޭޑުގެ ނަމްބަރުތައް ދަރިންނަށް ދަސްކޮށްދީ ހޭލުންތެރި ކުރުވާށެވެ.
މާފަރު އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ޗައިނާގެ ކުންފުންޏަކަށް
ރައީސް ރަސްމާލެ ހިއްކުން ކުރިއަށް ދާގޮތް ބައްލަވައިލައްވައިފި
ސިޔާމްގެ ދެ ކުންފުނީގެ މައްސަލައިގެ ހުކުމް ލިބޭނީ ފީ ދެއްކުމުން
ވަރަށް ބޭނުންތެރި މައުލޫމާތު ކޮޅެއް ????