ކެރެޓަކީ ސިއްހަތާ ރައްޓެހި ތަރުކާރީގެ ބާވަތެކެވެ. އެއިން ލިބޭ ގިނަގިނަ ފައިދާތަކުގެ ތެރެއިން ބަރުދަން ލުއިކުރުމުގައި ކެރެޓް ޖޫސް ބޭނުންކުރުމުން ލިބޭ ފައިދާތައް ފާހަގަކޮށްލެވެ އެވެ.
ކެރެޓަކީ ވިޓަމިން ބީ ގިނަ އަދަދަކަށް އެކުލެވޭ އަދި ކެލޮރީ މަދު ތަރުކާރީއެކެވެ. އެހެެން ކަމުން އޭގެ ދިޔަ ބުއިމަކީ ބަރުދަން ލުއި ކުރުމަށް އެހީވާ ކަމެކެވެ.
ކެރެޓުގައި އެކުލެވޭ ފައިބާގެ ސަބަބުން ބަނޑު ހިކުން ފަދަ ހަޖަމުގެ މައްސަލަތައް ދުރުކޮށްދެ އެވެ. އެހެން ކަމުން ދުވާލަކު ކެރެޓް ޖޫސް ތަށްޓެއް ބުއިމުން ބަނޑު ހިންދާލުމަށް އެހީވެދެ އެވެ.
މިއާއެކު ކެރެޓުގައި އެކުލެވޭ ހަށިގަނޑަށް ފައިދާހުރި މާއްދާތަކުގެ ސަބަބުން ބަނޑުހައިވުން ލަސްވެ ކެވޭ ވަރު މަދުވެ އެވެ.
މި ހުރިހާ ފައިދާތަކެއް އެކުވެ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ބޭނުންވާ މެޓަބޮލިޒަމް އިތުރު ކޮށްދެ އެވެ. ނަތީޖާއަކަށް ވަނީ ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ އަވަހަށް ފެނުމެވެ
ޖޯންސަންގެ ޕައުޑަރު މައްސަލާގައި 5.5 ބިލިއަން ޑޮލަރު ދައްކަނީ
އެމެރިކާއާއި ޔޫއޭއީ ގުޅިގެން އޭއައި ޓާސްކްފޯހެއް ހަދައިފި
ބްލޮކް ގްރާންޓަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފި