އިސްކޮޅާ އަޅާބަލާއިރު ބަރުދަން އިތުރުވުމަކީ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއްކަން ޑޮކްޓަރުން އަބަދުވެސް އިންޒާރުދެ އެވެ. ޖިސްމާނީ ސިއްހަތުގެ އިތުރުން އެއީ ނަފްސާނީ ދުޅެހެޔޮކަމަށް ވެސް އަސަރު ކުރާ ކަމެއް ކަން ދިރާސާތަކުން މިވަނީ ދައްކާފަ އެވެ.
މިފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި މިނަށްވުރެ ބަރުދަން އިތުރުވުމަކީ ޑިޕްރެޝަނަށް މަގުފަހިވާ ކަމެކެވެ. މި ކަމުގައި ޖިސްމާނީ އަދި އިޖުތިމާއީ ކަންކަން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން ބަރުދަން އިތުރުވުމަކީ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެ، އެހެން މީހުންނާ ކުރިމަތިލުމަށް ބޭނުންވާ ހިތްވަރު ކުޑަކޮށްދޭކަމެއް ކަމަށް ދިރާސާއިން ދައްކާފައިވެ އެވެ.
މީގެ އިތުުރުން ބަރުދަން އިތުރުވުމަކީ މީހުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވެ، ގަނާކުރުން ނުވަތަ ބުލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ހުޅުވަައިދޭ ކަމެއް ކަމަށް ވެސް ހޯދިފައިވެ އެވެ.
ޑިޕްރެޝަންއަކީ އަހަރުމެންގެ މުޖުތަމައުގައި އާއްމުވެފައިވާ ކަމަކަށް ވީއިރު، އެކަމަށް މަގުފަހިވާ ހުރިހާ ކަމެއް ހުއްޓުވަން ޖެހެ އެވެ. ބަރުދަން އިތުރު މީހުންނަށް ވެސް އިހުތިރާމާއި ގަދަރު ދޭން ޖެހެ އެވެ.
ޕީޖީ މުވައްޒަފުން އަންގާރައިގައި ގޭގައި މަސައްކަތް ކުރަނީ
ގަވާއިދުން ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ
އާޓިފިޝަލް ކިޑްނީއަކުން ކިޑްނީ ބައްޔަށް އާ އުއްމީދެއް!