ޑައިޓަކާ ނުލައި ބަރުދަން ލުއިކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ކުރަން ބޭނުންވާ ކަމެކެވެ. ތިރީގައި މި ބަލާލަނީ ޑައިޓަކާ ނުލައި ބަރުދަން ލުއިކުރެވިދާނެ ބައެއް ކަންކަމަށެވެ.
ރަނގަޅަށް ހަފައިގެން ކެއުން
ކުދި އެތިކޮޅުކޮޅުން ރަނގަޅަށް ހަފައިގެން ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް ފަސޭހަވުމުގެ އިތުރުން މަދުން ކެއުމަށް ވެސް ބާރު އަޅަ އެވެ.
ގިނައިން ފެން ބުއިން
މާ ގިނައިން ކެއުމަކީ ބަރުދަން ލުއިކުރުމަށް ހުރަސް އަޅާނެ އެއްކަމެވެ. މިކަމުން ދުރުވުމަށްޓަކައި ނާސްތާ ކުރުމުގެ ކުރިން ގިނައިން ފެން ބޯށެވެ. މިކަމުގެ ސަބަބުން ކެވޭ މިންވަރު މަދުވެ ގިނައިރު ވަންދެން ބަނޑުހައި ނުވެ ހުންނާނެ އެވެ.
ސްޓްރެސް ދަށްކުރުން
ސްޓްރެސް އާއި އެންޒައިޓީ ފަދަ ނަފްސާނީ ކަންކަމަކީ ކެއުން އިތުރު ކޮށްދޭ ކަމެކެވެ. މިކަންކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯން އެއް އިތުރުވެ ހަށިގަނޑަށް ގެއްލުން ހުރި ކާނާ ކާހިތްވާގޮތް ވެ އެވެ.
އިންތިހާބަކާ ނުލައި 7 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިއްޖެ: ފަލާހު
އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް މަޖިލީހުން ހަދައިފި
"މޭ ހޫން ނާ 2"ގެ މަސައްކަތް ފަށަނީ