ހަކުރު ބައްޔަކީ އަހަރެމެންގެ މުޖުތަމައުގައި ވަރަށް އާއްމު ބައްޔެކެވެ. އެ ބައްޔެއްގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ އިތުރު މައްސަލަތަކަށް ފާރަވެރިވެ ތިބެން ޖެހޭ ބައްޔެކެވެ.

އެގޮތުން ވިއްސާރަ މޫސުމަކީ ހަކުރު ބަލި ތަހައްމަލު ކުރާ މީހުން ކެއުމާއި ސާފުތާހިރު ކަމަށް އިތުރު ސަމާލު ކަމެއް ދޭންވީ ދުވަސްވަރެކެވެ. އެގޮތުން މިދުވަސްވަރު ސަލާމަތް ހޯދުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެ އެވެ.

ޓައިޕް 2ގެ ހަކުރު ބައްޔަކީ މީހާގެ ދިފާއީ ނިޒާމުގެ ބާރު ދެރަ ކޮށްލާ ބައްޔެއް ކަމުން ޑެންގޫ ފަދަ ނުރައްކާތެރި ބަލިތައް ފެތުރި ވިއްސާރަ މޫސުމުގައި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. އެގޮތުން މިކަމަށް ހާއްސަ ބުއިންތަކާއި ކެއުންތައް ކެއުމުގައި ހިމެނިދާނެ އެވެ.

ހަކުރު ބަލީގެ އެއް އަލާމާތަކީ ހަތަރެސްފައިގެ އެކި ތަންތަން ހިކި ފާރުވުމެވެ. ހާއްސަކޮށް ފައި ފާރުވުމަކީ ހަކުރު ބަލި ހުންނަ މީހުންގެ މެދުގައި އާއްމު ކަމެކެވެ. މި ސަބަބަށްޓަކައި ފަޔަށް ފަސޭހަ ފައިވާނެއް ބޭނުންކޮށް ހަންގަނޑު ހިކުމުން ރައްކާތެރިކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ.

މި ހުރިހާ ކަމަކާއެކު ކަސްރަތުކުރުމަކީ ހަނދާން ނައްތާލައިގެންވާނެ ކަމެއް ނޫނެވެ. ވިއްސާރަ ނަމަވެސް ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ކަސްރަތަކީ މުހިއްމު އެއްޗެކެވެ.

ހިނގަމުން މިދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާ ދުވަސްވަރަކަށްވުމާއަކު އަހަރުމެންގެ ތެރޭގައި އުޅޭ ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކުން މިކަންކަމަށް ސަމާލުވާން ޖެހޭނެ އެވެ.