ބިގް ބޮސް 13 ގެ ބައިވެރިޔާ ޝެހެނާޒް ގިލްއަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެ ކެވެ.

އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޝެހެނާޒްގެ ބަރުދަނަށް އައި ބަދަލުގެ ވާހަކަ މިފަހަކަށް އައިސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ވާހަކައަކަށް ވަނީ ވެފަ އެވެ.

ބިގް ބޮސްގެ ގޭގައި ޝެހެނާޒް ހުރި ދުވަސްވަރު އޭނާ ފެނުނީ ތަންކޮޅެއް ހަށިގަނޑު ވަރުގަދަކޮށް ހުއްޓާ ނަމަވެސް މިހާރު އޭނާ ވަނީ ހުރިހާ ސަރުބީ ވިރުވާލައި ލޫޅާފަތިވެފަ އެވެ.

ބެލުންތެރިންގެ އެންމެ ބޮޑު ސުވާލަކީ އޭނާ މިހާ ބޮޑަށް ބަރުދަން ލުއިކުރީ ކިހިނެތްތޯ އެވެ.

މި ސުވާލަށް ޖަވާބު ދެމުން ޝެހެނާޒް ބުނެފައިވަނީ އޭނާ ދެކޭ ގޮތުގައި އެއީ ރަނގަޅު ޑައިޓެއްގެ ނަތީޖާ ކަމަށެވެ.

https://www.instagram.com/p/CSpLRDCMV0w/

އޭނާގެ ޑައިޓްގައި ހިމެނެނީ ހެނދުނު އެންމެ ފުރަތަމަ އެޕަލް ސިޑާ ވިނެގާ އާއި ދެން މުޅި ދުވަހަށް ދެ ރޮއްޓާއި މުގު ރިހަ އެވެ. މީގެ އިތުރުން ހަވީރު ސައިތައްޓެއް ބުއިންވުން ހިމެނޭ ކަމަށް ޝެހެނާޒް ބުނެ އެވެ. އަދި ކުރިން ކައި އުޅުނު ޗޮކްލެޓުތަކާއި، އައިސްކްރީމް އަދި ހުރިހާ މަހުގެ ބާވަތެއް ކެއުން ހުއްޓައިލީ ކަމަށް އޭނާ ބުނެ އެވެ.

https://www.instagram.com/p/CSzSEflI7HN/

މި ޑައެޓްގެ އިތުރަށް އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށް ވެސް އޭނާ ބުނެ އެވެ.

ޝެހެނާޒްގެ ފުރަތަމަ ބޮލިވުޑް ފިލްމު ރިލިޒްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.