މެޓަބޮލިޒަމްއަކީ ހަށިގަނޑުން ސަރުބީ ވިރުވާލުމަށް ލިބިފައިވާ ގާބިލިއްޔަތު ކަމެވެ. މެޓަބޮލިޒަމް ރަނގަޅުވެ އަވަސްވި ވަރަކަށް ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގައި ނަތީޖާ ލިބުން އަވަސްވާނެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އަވަހަށް ހޭލުން

ދުވަސް އަވަހަށް ފަށައިގަތުމަށްޓަކައި ރޭގަނޑުގެ ނިދި ހަމައަށް ހޯދާށެވެ. އެއަށްފަހު ދުވަސް ފެށުމުގެ ކުރިން ހެނދުނުގެ ނާސްތާ ކުރާށެވެ. އަވަހަށް ހޭލުމަކީ މުޅި ދުވަހު ކުރާ މަސައްކަތްތަކަށް ހަށިގަނޑު ތައްޔާރު ކޮށްދޭ ކަމެކެވެ.

އޮފީސް ގަޑީގައި ހަރަކާތްތެރިވެ އުޅުން

ވަޒީފާގައި ހޭދަކުރާ އަށްގަޑިއިރު އިށީންދެ އިނުމުގެ ބަދަލުގައި އޮފީހުގެ މާހައުލުގައި ވެސް ހަރަކާތްތެރިވެ އުޅޭށެވެ. ދެކޮޅަށް ހިނގާލައި ކުރާ މަސައްކަތުން ހަށިގަނޑާއި ސިކުނޑިއަށް މެދުކަނޑުމެއް ދޭށެވެ.

ކެއިންބުއިމަށް ސަމާލުވުން

މިންހެޔޮ ކެއުމެއް ކެއުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް މާއްދާތައް ލިބޭނަމަ މެޓަބޮލިޒަމް އަވަސްވެ ބަރުދަން ހިކޭނެ އެވެ.