ރުއްކުރިއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ރަހަ މީރުވެފައި ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ މި ކާނާއަކީ މާބަނޑު ދުވަސްވަރު ކާން ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. އެކި ކަހަލަ ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ރުއްކުރީގައި "ފޯލިކް އެސިޑް" ކިޔާ މާއްދާއެއް އެކުލެވެ އެވެ.
ފޯލިކް އެސިޑް ނުވަތަ ވިޓަމިން ބީ 9 އަކީ މާބަނޑު ދުވަސްވަރު (ހާއްސަކޮށް ކުރީކޮޅު) ބޭނުންކުރުމުން، ބަނޑުގައިވާ ތުއްތު ދަރިފުޅަށް ލިބިދާނޭ އައިބުތަކުން ދުރުކޮށްދޭ މާއްދާއެކެވެ. ހަމަ އެއާއެކު، ފޯލިކް އެސިޑްގެ ސަބަބުން، މައި މީހާގެ ކިރު އުފައްދައިދޭ މިންވަރު އިތުރު ކޮށްދެ އެވެ.
މީގެ އިތުރުން ރުއްކުރީގައި ދަގަނޑުގެ ބައި އެކުލެވިފައިވުމުން، މާބަނޑު ދުވަސްވަރު، ބައެއް އަންހެނުންނަށް ދިމާވާ ލޭ މަދުވުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ. އަދި، ރުއްކުރީގައި ފައިބަރުގެ ބައި އިތުރުވެފައި، ކާބޯހައިޑްރޭޓްގެ ބައި މަދުވުމުގެ ސަބަބުން، މާބަނޑުވުމާ ގުޅިގެން ޖެހޭ ހަކުރު ބައްޔާއި ބަނޑު ހިކުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ.
ހިފަހައްޓާފަ ހުރި ފައިސާތައް ދޫނުކުރަނީސް ހޮރްމޫޒް ނުހުހުޅުވާނަން
ސީޓް އިތުރުކޮށް ޓިކެޓް ވިއްކަނީ؛ އަގު 5،000 ޑޮލަރުން މަތީގައި
400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައިފި