އާންމުކޮށް އަހަރެމެންގެ މި މުޖުތަމައުގައި ފެންނަނީ އުމުރުން ގާތްގަނޑަކަށް އެއް އުމުރެއްގެ ނުވަތަ އުމުރުގެ ގޮތުން ކުޑަ ތަފާތެއް ހުންނަ މީހުންނާ ކައިވެނި ކުރާ މަންޒެރެވެ. އުމުރުގެ ގޮތުން ބޮޑު ތަފާތު ހުރުމަކީ މައްސަލައަކަށް ނުވި ކަމުގައި ވިޔަސް ބައެއް ފަހަރު މުޖުތަމައުގެ ތެރޭގައި މިކަން ބޮޑު ކަމަކަށް ހަދާލަ އެވެ.

އާންމު އުސޫލެއްގެ ގޮތުން ދިވެހިންގެ ތެރޭގައި ކައިވެނި ކުރާ އަންހެން މީހާއަށް ވުރެ ފިރިހެން މީިހާގެ އުމުރު ދެތިން އަހަރު ބޮޑެވެ. ގިނަ އަންހެނުން އެމީހުންނާ އެއް އުމުރެއްގެ މީހުންނަށް ވުރެ ބޮޑަށް އިންނަން ބޭނުންވަނީ ވެސް އެމީހުންނަށް ވުރެ ދޮށީ އުމުރުގެ ފިރިހެނުންނާ އެވެ. މިގޮތަށް މިކަން މެދުވެރިވާ ބައެއް ސަބަބުތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

ސެޓްލް ނުވުން

ތިމާ ޕްރޮފެޝަނަލް ގޮތުން ސެޓްލް ވުމަކީ އެ އުމުރުގެ އެހެން މީހުންވެސް ސެޓްލްވީ ކަމަށް ދެކިގެން ވާނެ ކަމެއް ނޫނެވެ. އެހެން ކަމުން ތިމާގެ ބައިވެރިޔާއަށް އެ ބޭނުންވާ ވަރަށް ކޮމިޓްމެންޓް ދެން އުނދަގޫވެދާނެ އެވެ. އާންމުކޮށް މުޖުތަމައުގައި ފިރިހެނުންގެ ރޯލެއް ކަމަށް ބެލެވިފައި އޮންނަކީ ގޭގެ ހަރަދުތައް ބެލެއްޓުން ފަދަ ކަންތައްތަކަށް ވުމުން އެމީހުން އެ ދާން ބޭނުންވާ ހިސާބަށް ނުދެވެނީސް ކޮމިޓް ކުރަން ވެސް ވަރަށް އުނދަގޫ ވާނެ އެވެ.

ތައްޔާރު ނުވުން

ތިމާއާ އެއްވަރަށް ތިމާގެ ބައިވެރިޔާ އިމޯޝަނަލީ ތައްޔާރު ނުވެދާނެ އެވެ. ކޮންމެ މީހަކުވެސް އިމޯޝަނަލީ ތައްޔާރުވާނީ އަމިއްލަ ޓައިމިން އެއްގަ އެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކިތަންމެ އުމުރުން ދޮށިވިޔަސް އެ މީހަކާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރެވޭ މީހަކާއި ދިމާވުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ދިރިއުޅުމުގައި ބޭނުންވާ ކަންތައް ތަފާތުވުން

އެކި އުމުރުުގައި އެކި މީހުން ބޭނުންވާނީ އެކި ކަންތަކެވެ. އެއީ ޕްރޮފެޝަނަލް ގޮތުން ވިޔަސް ޕާސަނަލް ގޮތުން ވިޔަސް މެ އެވެ. އަހަރެމެން އެންމެން ކުރިއަރަމުން އަންނާނީ އެއް ސްޕީޑެއްގައެއް ނޫނެވެ. ބައެއް މީހުންނަށް ބައިވަރު ކަންތައް ހާސިލްވެފައި ހުންނަ އިރު ބައެއް މީހުން އަދިވެސް ބައިވަރު ކަންތައް ހާސިލްކުރަން ބޭނުންވެ އެވެ. އެހެން ނަމަވެސް އެންމެން އެއްގޮތެއް ވެސް ނުވާނެ އެވެ. އަންހެން މީހާ އާއި އެއް އުމުރެއްގެ ފިރިހެނުންގެ ތެރޭގައި ވެސް ދިރިއުޅުމެއް ފެއްޓުމަށް ތައްޔާރުވެގެން ތިބޭ ފިރިހެނުން ވެސް އުޅެ އެވެ.

ކަން މިހެން އޮތުމާއި އެކުވެސް ބައެއް ފަހަރު އުމުރު، ކަނެކްޝަން ނުވަތަ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ހުރިހާ ކަމެއް ނޫނެވެ. ފަހަރުގައި މީގެ ތެރެއިން އެއްވެސް ކަމަކީ އޭގައި މާނައެއް އެކުލެވޭ އެއްޗެއްވެސް ނޫނެވެ. ބައެއްފަހަރު ރަނގަޅު މީހަކާ، ރަނގަޅު ވަގުތެއްގައި، ރަނގަޅު ތަނުން ދިމާވުމަކީ ވެސް ކާމިޔާބެކެވެ.