ޑިސްކަވަރީ ޗެނަލްގެ މަޝްހޫރު ރިއަލިޓީ ޝޯ "އިންޓު ދަ ވައިލްޑް ވިތް ބެއާ ގްރިލްސް" ގެ މަންޒަރުތައް ނެގުމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ރާއްޖެ އަތުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަޖޭ އާއި މިޝޯގެ ޕްރޮޑަކްޝަން ޓީމުން ވަނީ މިހާރު ރާއްޖެ އައިސްފަ އެވެ. އެހެން ނަމަވެސް މިޝޯގެ އަޖޭގެ ބައި ނެގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކޮން ހިސާބެއްގައި ކަމެއް އެ ޓީމުން ނުބުނެ އެވެ.

ޑިސްކަވަރީގެ މި ޝޯގައި އެންމެ ފަހުން ބައިވެރިވީ ރަޖްނީކާންތާއި އަކްޝޭ ކުމާރެވެ. ތަފާތު ސަރަހައްދުތަކަށް ގެންގޮސް އެކި ކަހަލަ ސްޓަންޓް ހައްދުވާ އަމިއްލައަށް ސަވައިވްވާން ޖެހޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ޝޯގެ އަޖޭގެ އެޕިސޯޑް ފުރަތަމަ ދައްކާނީ ޑިޒްނީ އެޕުންނެވެ.

މި ޝޯގައި އަކްޝޭއާއި ރަޖްނީ ކާންތު ބައިވެރި އެޕިސޯޑް ޝޫޓްކޮށްފައި ވަނީ ކަރަނާޓަކާގެ "ބަންޑީޕޫރް ނޭޝަނަލް ޕާކް އެންޑް ޓައިގާ ރިޒާވް" ގަ އެވެ. އަދި މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް މިޝޯގައި ވަނީ ބައިވެރިވެފަ އެވެ.

https://www.youtube.com/watch?v=IbcAO-GMe-A

އަޖޭ މިހާރު އަންނަނީ އޭނާގެ އަލަތު ވެބް ސީރީޒް ޑިޒްނީ ޕްލަސް ހޮޓްސްޓާގެ "ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

https://www.instagram.com/p/CJfMG2PppDs/

އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި އެސްއެސް ރާޖަމޯލީގެ އާރްއާރްއާރް" އާއި އިންދަރު ކުމާރުގެ "ތޭންކް ގޯޑް" އާއި އަމިތު ޝަރުމާގެ "މައިދާން" ގެ އިތުރުން އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅޭ "މޭޑޭ" ހިމެނެ އެވެ.