ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާގެ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" އަންނަ މަހުގެ 15 ގައި ރިލީޒްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ސަލްމާން ޚާންގެ އާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ސިންގަލް ސްކްރީންތަކާ އެކުއެކީގައި ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ފިލްމުގެ ޓީމުން ރަސްމީކޮށް އަންނަ މަހުގެ 15 ވަނަ ދުވަހު ފިލްމު ރީލީޒްކުރާނެ ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ދާދި ފަހުން ވަނީ "އަންތިމް" ގެ ޕޯސްޓަރާއި ލަވައެއް ވެސް ދައްކާލައިފަ އެވެ.

https://www.instagram.com/p/CTguGBco1mO/

"އަންތިމް" ސިންގަލް ސްކްރިންތަކާ އެކީގައި ޒީ5 އިން ޕްރީމިއާކުރުމަކީ ސަލްމާންގެ އެންމެ ފަހުގެ ފިލްމު "ރާދޭ" ވެސް ރިލީޒްކުރި ގޮތެވެ.

މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ "އަންތިމް"އަކީ ސަލްމާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެކެވެ.

ސަލްމާން މިހާރު ކުރަމުން އަންނަނީ "ޓައިގާ"ގެ މަސައްކަތްތަކެވެ.