ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާމިރު ޙާން އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ "ލާލް ސިންހް ޗައްޑާ"ގެ ޕްރޮޑަކްޝަން މަސައްކަތް ނިންމާލައިފި އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ 1994 ގެ ހޮލީވުޑް ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ ފިލްމެކެވެ. މިފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ގަ އެވެ.

މިދިޔަ އަހަރު މި ފިލްމުގެ ޝޫޓިން ފެށިއިރު ދާދިފަހުން ވަނީ މި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލައިފަ އެވެ. "ލާލް ސިންހް ޗައްޑާ" ވެގެންދާނީ ބޮލީވުޑްގެ ތާރީހުގައި ވެސް ވަރަށް ހާއްސަ ފިލްމަކަށެވެ.

ސަބަބަކީ އެ ފިލްމަކީ ބޮލީވުޑްގެ ތިން ޚާނުން ވެސް އެކުގައި ފެނިފެންދާނެ ފުރަތަމަ ފިލްމަށް ވާތީ އެވެ. އާމިރު، ސަލްމާން ޚާން އަދި ޝާހްރުކް ޚާން ވެސް މި ފިލްމުގެ މަންޒަރަކުން ފެނިގެންދާނެކަން މިހާރު ކަށަވަރުވެފައިވާއިރު ޝާހު މި ފިލްމުން ފެންނާނީ ‘ރާޖް’ ކެރެކްޓާގެ ނަމުގަ އެވެ. އެއީ 1995 ވަނަ އަހަރު ޝާހް ކުޅުނު ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ ގައި އޭނާ ކުޅުނު ކެރެކްޓަރުގެ ނަމެވެ. ސަލްމާން މި ފިލްމުން ފެންނާނީ "ޕްރޭމް" ކެރެކްޓަރުންނެވެ.

ތިން ޙާންގެ އިތުރުން މިފިލްމުގައި އިންޑިއާގެ ދެކުނު ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ އެކްޓަރު ނާގަ ޗައިޓްނިއާ ފެނިގެންދާނެ އެވެ.