ޓޫރިޒަމް މިނިސްޓަރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ ހަވަނަ ދުވަހު އައްޔަންކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އަނެއްކާ ވެސް ފާސްކޮށްފި އެވެ.
މައުސޫމަށް ރުހުން ދިނުމަށް މިދިޔަ ހަފުތާ ވެސް ކޮމިޓީން ފާސްކުރި އެވެ. ނަމަވެސް އޭނާއަށް ރުހުން ދިނުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވުމުން ވަނީ މިނިސްޓަރުކަމުގެ މަގާމުގެ ހުވައިކުރެއްވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވައިގެން ކަމަށްވާތީ އަލުން ހުވާކުރައްވަން ޖެހޭ ކަމުގައި މަޖިލިހުން ލަފާދިނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެގޮތަށް ނިންމީ ވަޒީރުން އެއްވެސް ވިޔަފާރިއެއް ހިންގުމުގައި ބައިވެރިވުމުގައި ގާނޫނުއަސާސީގައި މަނާކޮށްފައިވާތީ އެވެ.
ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން ޑރ. މައުސޫމް ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގަ އެވެ.
ޑައުންޕޭމަންޓް ބޮޑުކޮށް ދެއްކި ފައިސާ ކުލިން އުނިކުރަނީ
ހުޅުމާލެ 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި
ކަރިޝްމާއާއި އަބީޝޭކްގެ ގުޅުން ނިމުމަކަށް އައީ ކީއްވެ؟