ކިއުކަމްބާއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. އާއްމުކޮށް ކޮންމެ ދުވަހެއްގެ ކެއިންބުއިމުގައި ވެސް ވަރަށް ގިނައިން ހިމެނޭ އެއްޗެކެވެ. އަނގައަށް މީރުވުމުގެ އިތުރުން ކޮންމެ ދުވަހަކު ވެސް ކިއުކަމްބާއެއް ކާންވީ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.
ހަށިގަނޑުގައި ވަރު ޖައްސައިދޭ
ކިއުކަމްބާއަކީ 95 ޕަސެންޓް ފެން އެކުލެވޭ ތަރުކާރީއަކަށް ވުމާއެކު މިއީ ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދޭ ޒަރިއްޔާ އެކެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި ވަރުޖެހި ބާރު ލިބުމެވެ.
އިސްތަށިގަނޑާއި ނިޔަފަތިތައް ރީތިކޮށްދޭ
ގަވާއިދުން ކިއުކަމްބާ ބޭނުން ކުރާނަމަ ތިބާގެ އިސްތަށިތަކާއި ނިޔަފަތިތަކުން ބަދަލު ފެންނާނެ އެވެ. އެގޮތުން އިސްތަށިގަނޑު ވަރުގަދަވެ ނިޔަފަތިތަކުގެ ކުލަ އަލިވެ ރީތިވެ އެވެ.
އަނގައިން ނުބައި ވަސް ފިލުވައިދޭ
ކިއުކަމްބާގައި ހިމެނޭ ފައިޓޯކެމިކަލްތަކުގެ ސަބަބުން އަނގައިގައި އުފެދޭ ޖަރާސީމުތައް ނައްތާލައި އަނގައިން ދުވާ ނުބައި ވަސް ފިލުވައިދެ އެވެ. އަދި ތާޒާ ނޭވާ ލިއްބައިދެ އެވެ.
ހޯމޯން ކޮންޓްރޯލް ކޮށްދޭ
ހަށިގަނޑުގައި ދައުރުވާ ހޯމޯންތައް ކޮންޓްރޯލް ކުރަން އެހީވެދޭ ފޮސްފަރަސް އަކީ ކިއުކަމްބާގައި ވަރަށް ގިނައިން އެކުލެވޭ މާއްދާ އެކެވެ. އެހެން ކަމުން ދުވާލަފކު ކިއުކަމްބާއެއް ކެއުމަކީ ހޯމޯނަލް ބެލެންސްއަށް ވަރަށް މުހިއްމު ކަމެކެވެ.
ހަން ރީތިކޮށްދޭ
ކިއުކަމްބާގައި އެކުލެވޭ ފެނުގެ މާއްދާގެ ސަބަބުން ހަމަށް ތާޒާކަން ގެނުވައިދީ އޮމާން އަދި ރީތި ހަމެއް ލިބުމަށް މަގުފަހި ކޮށްދެ އެވެ.