ވިލާ ގްރޫޕްްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި ފުލެޓް ނޭޅި އެތައް އަހަރެއްވެފައި އޮތްވާ އިތުރު ބިމެއް ސުކޫލެއް އަޅަން ދީފި އެވެ.

ހުޅުމާލޭގައި ޕްރައިވެޓް ސްކޫލެއް ހިންގަން ވިލާ އެޑިއުކޭޝަނަލް ސާވިސްއަށް ބިން ދޫކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ވިލާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

އެޗްޑީސީން ބުނީ ވިލާ އެޑިއުކޭޝަނަލް ސާވިސް އިން ހަ ބުރީގެ އިމާރާތެއް ހަދައި ސްކޫލް ހިންގަން ހުޅުމާލޭގެ ފޭސް 1 އިން 35،885 އަކަފޫޓުގެ ބިމެއް ދޭނެ ކަމަށެވެ.

ވިލާ ގުރޫޕަށް ސްކޫލެއް އެޅުމަށް ހުޅުމާލެއިން ބިމެއް ދިނުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު އެޗްޑީސީގެ ބޯޑުގައި ވިލާ ކޮލެޖުގެ އިސް ބޭފުޅެއް ކަމަށް އަބްދުލް މުންނިމް ހުންނަވަ އެވެ.

ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ހިއްސާވާ ޕާޓީއެކެވެ.