ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ މީހުންގެ މެދުގައި އެޕަލް ސިޑާ ވިނެގާއަކީ ވަރަށް މަގްބޫލު އެއްޗެކެވެ. އެއް ތަށި ފެނަށް އެއް ސަމުސާ އެޕަލް ސައިޑާ ވިނެގާ އެއްކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ހައިބަނޑާ ބުއިމަކީ އެކި ގޮތްގޮތުން ހަށިގަނޑަށް ފައިދާ ކުރާ ކަމެކެވެ.

ބަނޑުހައިވުން ކުޑަ ކޮށްދޭ

އެޕަލް ސައިޑާ ވިނެގާ ބޭނުންކުރުމަކީ ގިނަ އިރުތަކެއް ވަންދެން ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކޮށްދޭ ކަމެކެވެ. ނަތީޖާއަކީ ބަނޑުހައިވުން މަދުވެ ބަރުދަން ލުއިވުމަށް އެހީވުމެވެ.

ލޭގެ ހަކުރު ދަށް ކޮށްދޭ

އެޕަލް ސައިޑާ ވިނެގާއަކީ ލޭގެ ހަކުރު އެއްވަރެއްގައި ބެހެއްޓުމަށް އެހީވެދޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ނާސްތާއަށްފަހު ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ވެފައި ހުރުމަކީ ބަރުދަން ލުއިކުރުމަށް މުހިއްމު ކަމެކެވެ.

އެޕަލް ސައިޑާ ވިނެގާ ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ބައެއް ކަންކަން

  • އެއްވެސް އެއްޗަކާ އެއް ނުކޮށް ހަމައެކަނި އެޕަލް ސައިޑާ ވިނެގާ ބޭނުން ނުކުރުން.
  • ދުވާލަކު ތިންއިރަށް ބަހާލައިގެން ބޭނުން ކުރުން.
  • މާގިނައިން ބޭނުން ނުކުރުން.