މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކުރި ބޮޑު ފިލްމު "ސީތާ: ދި އިންކަނޭޝަން" ކުޅެދޭން ބަތަލާ ކަރީނާ ކަޕޫރު ހުށަހެޅި އަގު ބޮޑުވުމުން އެ ފިލްމަށް ކަންގަނާ ރަނާވަތު ހަމަޖައްސައިފި އެވެ.

ފިލްމަށް ކަންގަނާ ސޮއިކޮށްފައިވާކަން ކަށަވަރު ކޮށްދިނުމަށް ޑައިރެކްޓަރު އަލޯކީކް އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ މި ފިލްމްއަށް ކަންގަނާ ގެނެވުމަކީ ވަރަށް ބޮޑު އުފަލެއް ލިބުނުކަމެއް ކަމަށެވެ.

"ސީތާ" ކުޅެދެން ކަރީނާ ހުށަހެޅި އަގު ބޮޑު ކަމަށް ބުނެ އޭނާ ބޭރުކުރިއިރު، ކަންގަނާ މިހާރު ވެސް ހިމެނެނީ ބޮލީވުޑްގެ އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ބަތަލާއިންގެ ލިސްޓުގަ އެވެ.

https://www.instagram.com/p/CTy-T4ssY-_/?utm_source=ig_embed&ig_rid=3543d4a6-418f-4dc0-b638-0e731e1c8c9a

ކަންގަނާ "ސީތާ" އަށް ސޮއިކޮށްފައިވާއިރު އެ ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކަންގަނާ އަކީ މިހާރު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެކްޓިން އަށް އެންމެ މޮޅު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބަތަލާ އެވެ. އަދި މި މަހުގެ 10 ގައި ރިލިޒްކުރި "ތަލައިވީ" ގައި ކަންގަނާ ދެއްކި އެކްޓިން އަށް ފިލްމު ދާއިރާގެ ވަރަށް ގިނަ ބަޔަކާއި ވަރަށް ފޭނުން ވެސް ތައުރީފުކޮށްފައިވެ އެވެ.

https://www.instagram.com/p/CT02prvIWaw/

ކަންގަނާ މިހާރު ދަނީ ފިލްމް "ތޭޖަސް" އަދި "ދާކަދް" ގެ މަސައްކަތް ކުރަމުންނެވެ.