އިންޑިއާގެ ފިލްމުތަކާއި ޑްރާމާ ސީރީޒްތަކަކީ ދިވެހިން މެދުގައި ވެސް މަގުބޫލު ޑްރާމާއި ފިލްމުތަކެވެ. އެގޮތުން ބޮލީވުޑްގައި މަސައްކަތް ކުރާ ފަންނާނުގެ ޒާތީ މައުލޫމާތުތައްވެސް ދިވެހިން ހޯދަ އެވެ. އެތަރިންނާ ބެހޭ ގިނަ މައުލޫމާތުތަކެއް އެކުރެ އެވެ. މިގޮތުން ބަލާލާއިރު ބޮލީވުޑްގައި މަސައްކަތް ކުރާ ގިނަ ފަންނާނުން ނަކީ އެކިއެކި ހުނަރުތަކެއް ލިބިފައިވާ ބައެކެވެ. މަދު ބަޔަކަށް ނޫނީ މި ތަރިންގެ އިތުރު ހުނަރެއް ހުރި ކަމެއް ނޭނގޭނެ އެވެ. އެކްޓިންގެ އިތުރުން ބައެއް ތަރިންގެ، އެހެން ހުނަރުތަކައް ބަލާލާނަމެވެ.
ޕްރިޔަންކާ ޗޯޕްރާ
ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަކީ ކޮންމެ ފަދަ ރޯލަކަށް ވެސް ފިޓްވާ ތަރި އެކެވެ. އެކްޓިން އިތުރުން ޕްރިޔަންކާ ވަނީ އޭނާ އަށް ލިބިފައިވާ ކުރުހުމުގެ ޖާދޫގައި ވެސް ގިނަ ބަޔަކު ޖައްސާފަ އެވެ. އެގޮތުން ނިއު ޔޯކްގައި "ކުއަންޓިކޯ"ގެ ސެޓުގައި ޕްރިޔަންކާ ކެންވަސްގައި އޭނާގެ ޕޯޓްރެއިޓް ކުރެހުންތައް ކުރެހި ކަމަށް ވެ އެވެ.
އަކްޝޭ ކުމާރް
ބޮލީވުޑްގައި އެކްޝަން ގިނަ ފިލްމުތަކެއް ކުޅެ މަގުބޫލުކަން ހޯދާފައިވާ އަކްޝޭ ކުމާރަކީ ވެސް އެކްޓިންގެ އިތުރު އެހެން ހުނަރެއް ވެސް ލިބިފައިވާ ފަންނާނެ ކެވެ. އެގޮތުން އަކްޝޭއަކީ މާޝަލް އާޓްސްއަށް މަރުދޭ މީހެކެވެ. ތަފާތު ގިނަ ރޯލުތަކުން ފެނިގެން ގޮސްފައިވާ އަކްޝޭ އަކީ މޮޅު ކައްކާއެއް ވެސްމެ އެވެ.
އޭނާގެ އެކްޓިން ކެރިއަރު ފެށުމުގެ ކުރިން އޭނާއަކީ ބެންކޮކް ރެސްޓޯރެންޓެއްގެ ކައްކާއެކެވެ. މީގެ އިތުރުން އަކްޝޭ ބައިވެރިވާ ބައެއް ރިއަލިޓީ ޝޯތަކުގައި އޭނާގެ ކެއްކުމުގެ ހުނަރު ދައްކާލަ އެވެ.
އާމިރު ޚާން
ބޮލީވުޑްގައި ކާމިޔާބު އެތަކެއް ފިލްމުތަކެއް ކުޅެފައިވާ އާމިރު ޚާންއަކީވެސް ހަމައެކަނި މޮޅު އެކްޓަރެއް ނޫނެވެ. އޭނާއަކީ ކުޅަދާނަ ޑައިރެކްޓަރެއް ވެސް މެ އެވެ. ފިލްމީ ދާއިރާއާއި ދުރުން ބަލާނަމަ އޭނާއަކީ ރާޒުވާ ކުޅުންތެރިއެކެވެ.
ރާޒުވާގެ ލެޖެންޑެއް ކަމަށްވާ ވިޝްވަނަތަން އާނަންދުއާއެކު އާމިރު ރާޒުވާ ގަނޑުތަކެއް ކުޅެފައިވެ އެވެ. އަދި ފިލްމުތަކުގެ ޝޫޓިން ބްރޭކްތަކުގައި ވެސް އާމިރު ރާޒުވާ ކުޅޭ ކަމަށްވެ އެވެ.