މިއަދު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އިންސާފުވެރި ނޫންކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ފާޑު ވިދާޅުވެއްޖެ އެވެ.
ވަގުތު ނޫހުން ގެެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ތާއީދު ހޯއްދެވުމަށް އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތުގައި މިހާރު ހުންނެވީ މެއި 6 ގެ ހަމަލާއަށްފަހު އެ މައްސަލައިގެ ތަހްގީގްގައި އެކަމަށް ފަންޑު ކުރި ބަޔަކު އަދިވެސް ނުހޯދޭތީއާއި ރައީސް ނަޝީދު މާލެ ވަޑައިގެންފިނަމަ ފުރާނައަށް ނުރައްކާއޮތް ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ހުންނެވީ މަޖިލީހުގެ ޗުއްޓީ ވެސް އިތުރު ކުރައްވައިގެންނެވެ.
އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާ މެދު މިހާރު އަމަލުކުރަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި މި އިންތިހާބަށް ރައީސް ސާލިހު ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.
"މިއިންތިޚާބަކީ ނަޝީދާއި ރައީސް ސޯލިހު އާ ދެ ބޭފުޅުންގެ ތެރެއިން އެމްޑީޕީގައި ތާއީދު ބޮޑީ ކޮން ބޭފުޅަކަށްތޯ ނިންމާ އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިރު އެ އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބެލެވޭނެ ކަންކަން އެބަ ހުރި،" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރައްވައިގެން ރައީސް ސާލިހު ކެމްޕެއިން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެން އެ ދަތުރުފުޅުތަކުގައި އެމްޑީޕީގެ ގައުމީ އިންތިހާބުގެ ކެމްޕެއިން ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ސޯލިހަށް މިފަދަ ތުހުމަތުތަކެއް އާދަމް ޝަރީފް ކުރައްވާފައިވާއިރު ދާދިފަހުން ރައީސް ބައެއް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ބައްދަލުވުން ތަކުގައި "އެމްޑީޕީގެ އިސް ލީޑަރު ރައްޔިތުންނާ ބައްދަލުކުރެއްވުން" މިގޮތަށް ބައެއް ރަށްރަށުގެ މަރުހަބާގެ ލިޔުންތަކުގަ އާއި ބައްދަލުވުންތަކުގައި ލިޔެފައިވާކަން ފާހަގަކުރެވެ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ރައީސް ސޯލިހު ކެމްޕެއިން ކުރެއްވިއިރު ރައީސް ނަޝީދު ހުންނެވީ ކެމްޕެއިން ކުރައްވަން ފުރުސަތު ލިބިވަޑައިނުގެން ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވެސް ކޮންޓްރޯލްކުރައްވަނީ ރައީސް ސޯލިހު ކަމަށާއި ނަމަވެސް އެއީ ރައީސް ސޯލިހުއަށް ތާއީދު އޮވެގެން ވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެމްބަރުން ރައީސް ސާލިހު އާއި އެކުގައި ތިބީ ދާއިރާގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާތީ. ރިޔާސީ އިންތިހާބާއި ހަމައަށް ދާއިރު ރައީސް ސާލިހު އާއި އެކުގައި އެމްޑީޕީގެ މެމްބަރުން ތިބޭނެ ކަމަށް ނުބެލެވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ތިޔަ ބުނާ ގޮތަށް ޔާމީނު ދައުރުގައި ޕީޕީއެމް ވެސް ކުރިން އޮތީ ސަރުރުކާރު ނުފޫޒްގައި ޔާމީނު ސަޕޯޓަކުން ނޫން. ކޯޓުތައް ހައިޖެކުކޮށްގެން ހަރާމް ހުކުމެއް ކޮށްގެން މައުމޫން ސަޕޯޓްގައި އޮތް ޕީޕީއެމް ފޭރިގަތީ ވަރަށް ވަރަށް ސާފް
ނުބެހޭ
ކަލޭއަށް ކޮންބެހޭކަމެށް. ހުރިހާ ކަމަކަށް އަނގަބާނައޭ މިގޮލާ.