ސްޓާ ޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ އަދި އެންމެ މަގުބޫލު ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް ބޮޑެތި ބަދަލެއް ގެނައުމަށް ޕްރޮޑަކްޝަން ޓީމުން ނިންމައިފި އެވެ.

އެގޮތުން މިހާރު އެ ސިލްސިލާގައި ލީޑު ރޯލު ކުޅެމުން އަންނަ މުހުސިން ޚާން (ކާރްތިކް) އާއި ޝިވާންގީ ޖޯޝީ (ނައިރާ) އެއިން ވަކިވުމަށް ވަނީ ނިންމާފަ އެވެ. އަދި މުހުސިން އަދި ޝިވާންގީ ފެންނަ އެންމެ ފަހު އެޕިސޯޑްގެ މަސައްކަތް މިހާރު ޝޫޓު ކުރަމުން އަންނައިރު އެއެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

2009 ވަނަ އަހަރު ފެށިގެން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ސިލްސިލާ ދައްކާތާ މިވީ 12 އަހަރުގެ ތެރެއިން ފަސް އަހަރު މުހްސިން އާއި ޝިވާންގީ މި ސިލްސިލާގެ ލީޑް ރޯލު ކުޅެފައިވެ އެވެ.

https://www.instagram.com/p/CPank0OrD-P/

މުހުސިން، 29، އާއި ޝިވާންގީ، 26، އެއިން ވަކިވާން ނިންމީ ވާހަކަ އަށް ގެންނަން އުޅޭ ބޮޑު ބަދަލަކާ ގުޅިގެންނެވެ.

އަނެއްކާވެސް މި ޝޯ އިތުރު އެތައް އަހަރެއް ކުރިއަށް ޖައްސާލައި ދެން ޝޯގައި ދައްކާނީ މުހްސިން އާއި ޝިވާންގީ ކުޅެމުންދާ ކާރްތިކް އާއި ނައިރާގެ ކެރެކްޓާގެ ދަރިން ބޮޑެތި ވެގެން އެމީހުންގެ ހަޔާތުގައި ދިމާވާ ކަންތައް ތަކެވެ.

https://www.instagram.com/p/CTjR-wpNin5/

ފިލްމީ ހަބަރުތައް ގެނެސްދޭ މީޑީއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން މިސިލްސިލާގައި ޝިވާންގީ (ނައިރާ) ވިހެއުމުގެ ތެރޭގައި މަރުވާ އިރު މުހިސިން (ކާރްތިކް) އަށް ވީނުވީއެއް ނޭނގި ގެއްލެނީ އެވެ. އެހިސާބުން ޝޯގެ ލީޑް ރޯލުން ފެންނަނީ ކައިރަވް އާއި އަކްޝޫ އަދި އައިޝްވަރިޔާ އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" 2009 ގައި ދައްކަން ފެށިއިރު ލީޑް ރޯލު ކުޅުނު ހީނާ ޚާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނައިތިކް)

މިއީ ހަމަ މިފަދަ ސަބަބަކާ ހެދި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ މައިގަނޑު ދެ ތަރިއަކު އެއިން ވަކިވާ ދެވަނަ ފަހަރެވެ، ކުރިން ސިލްސިލާ އިން ވަކިވީ 2009 ގައި ފެށި ސިލްސިލާގައި ލީޑް ކުޅުނު ހީނާ ޚާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނައިތިކް) އެވެ. އަކްޝަރާ އާއި ނައިތިކް މަރުވުމަށް ފަހު "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ލީޑު ރޯލުން ފެނިގެންދިޔައީ އެ ދެމީހުންގެ ދަރިމިހާރު ލީޑު ރޯލުން ފެނިގެންދާ ނައިރާ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލައި، އަންނަ މަހުގެ 2 ގައި ކަލާޒް އިން ފަށާ "ބިގް ބޮސް 15" ގައި ޝިވާންގީ އާއި މުހުސިން ވާދަކުރާނެ އެވެ. އެކަމަކު އެކަން ކަށަވަރެއް ނޫނެވެ.