ލޯބީގެ ގޮތުން މީހަކާ ގުޅިގެން ނޫޅޭނަމަ ދިރިއުޅުން ފޫހިވާނެ ވާހަކައަކީ އަހަރެމެންގެ މެދުގައި ވަރަށް އާއްމު ވާހަކައެކެވެ. އެކަނިވެރި ދިރިއުޅުމެއް އުޅުމަކީ އުފާވެރި ހަޔާތަކަށް އެޅޭ ހުރަހެއްގެ ގޮތުގައި އޮންނަނީ ދެކެވިފަ އެވެ. ނަމަވެސް އެކަނިވެރި ދިރިއުޅުމަކީ ވެސް އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ހަދަން ކުރެވޭނެ ބައިވަރު ކަންތައް އެބަހުއްޓެވެ.
އާ ކަމެއް ދަސްކުރުން
އެކަނި ދިރިއުޅުން އުނދަގޫ ވަނީ ގިނަފަހަރަށް ކުރާނެ ކަމެއް ނެތީމަ އެވެ. އެހެންކަމުން ލިބޭ ހުސް ވަގުތުތައް އާ ކަމެއް ދަސްކުރުމުގައި ހޭދަ ކުރާށެވެ. އާ ހުނަރެއް ނުވަތަ ބަހެއް ދަސްކުރުމަކީ ތިބާގެ ވަގުތު ރަނގަޅު ގޮތުގައި ހޭދަ ކުރެވުމުގެ އިތުރުން އެކަނިވެރިކަމުގެ އިހުސާސް ވެސް ފިލުވައިދޭނެ ކަމެކެވެ.
އެހެން މީހުންނާ އަޅާ ނުކިޔުން
އުފާވެރި ދިރިއުޅުމަކަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އެހެން މީހުންގެ ދިރިއުޅުމާ ތިމާގެ ދިރިއުޅުން އަޅާ ކިޔުމެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ދިރިއުޅުމުގައި ތަފާތު ކަންތައްކެއް ތަހައްމަލުކުރާ މީހުންނެވެ. އެހެން ކަމުން ތިބާގެ އުފާވެރިކަން އެހެން މީހުންގެ ދިރިއުޅުމުން މިނުން ހުއްޓާލާށެވެ.
ސޯޝަލް މީޑިއާއާ ދުރުވެލުން
ސޯޝަލް މީޑިއާއަކީ އެންޒައިޓީ އާއި ސްޓްރެސްއަށް މަގުފަހިވާ އެއްޗެއްކަން ދިރާސާ ތަކުން ސާބިތުވެ އެވެ. އެހެން ކަމުން ސޯޝަލް މީޑިއާއާ ދުރުވެ، ރައްޓެހި ރަހުމަތްތެރިންނާ ބައްދަލުވެ އުޅުމަކީ އެކަނިވެރިކަން ފިލުވައިދޭނެ ކަމެކެވެ. އެކަނި އުޅެން ލޯބިވާން ދަސްކޮށްދޭ ކަމެކެވެ.
ތިމާ ތަޞައްރަފު ފުދުމަށްފަހު މީހަކާ ނުއިނދެ ހުރުމަކީ ތިމާ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުން ހުރި ކަމެއް.