ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓާ ދިމާލަށް އަންހެނަކު، ކުޑަކުއްޖަކު އޭނާގެ ކޮނޑުގައި އުފުލާލައިގެންދާ މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާ ގުޅިގެން އެކަމަށް ފާޑުކީ ޖެންޑާ މިނިސްޓްރީގެ މުވައްޒަފު ދެއްކި ވާހަކަތަކަށް އެ މިނިސްޓްރީން މައާފަށް އެދިއްޖެ އެވެ.
ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު މަލާމާތް ކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީގެ ކުރިން ބަސް ދަތުރުތައް ގާއިމްވެފައި ނެތުމުގެ ސަބަބުން އަންހެނަކު ކުޑަކުއްޖަކު އޭނާގެ ކޮނޑުގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއަށެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯގައި ފެންނަނީ އަންހެނަކު ހިޔާ ފްލެޓާ ދިމާލަށް އަންހެނަކު އޭނާގެ ކޮނޑަށް ކުއްޖާ އަރުވައިގެން ވަކި ހިސާބަކަށް ދާ މަންޒަރު ފެނެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުޑަ ކުއްޖަކީ މާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މިވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ތައުރީފް އެ އަންހެން މީހާއަށް ވަނީ ލިބިގެން ގޮސްފަ އެވެ.
އތ. އަތޮޅު ވޭމަންޑޫ ޖެންޑާގެ އެންމެ އިސް ވެރިޔާ، ރިލްވާން އަބްދުﷲ މަލާމާތްކުރުމުން އެކަމަށް މާފަށް އެދި ޖެންޑާ މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމިނިސްޓްރީގެ މުވައްޒަފެއްގެ ފަރާތުން ސޯޝަލްމީޑިޔާގައި ކޮށްފައިވާ ޕޯސްޓެއް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ޕޯސްޓުގައި ބަޔާންކޮށްފައިވަނީ މިނިސްޓްރީން ދެކޭގޮތް ނޫން ކަމަށާއި އެކަމަށްޓަކާ މައާފަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން އެ މިނިސްޓްރީން ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި އިރު އެތަނުގައި ބަސް ދަތުރުގެ ހިދުމަތެއް ނުލިބެ އެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދާން ޓެކްސީގައި ވެސް ނަގާ އެންމެ ބޮޑު އަގަކީ 40ރ. އެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމުވުމާ ގުޅިގެން "ހިޔާ ޔޫނިއަން" ނަމުގައި ހިންގަމުން އަންނަ އަމިއްލަ ޖަމިއްޔާއަކުން ވަނީ އެ އަންހެން މީހާއަށް ޓެކްސީ ހަމަޖައްސާދީފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިހާރު ވަނީ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީން ފަށައިފަ އެވެ
ތިޔަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިހާބު ވެސް ވިދާޅުވީ ހިޔާ ކުދިންނަށް ދިމާވި މަސްއަލައަކީ ވެސް ސުލޫލްތައް ހުޅުވީމާ ވީގޮތެއް ކަމަށް.ކަނޑުކޮސްތައް. ސުކޫލު ތަކުން ކިޔަވައި ދެނީ ނުވަތަ ސުކޫލު ކުދިން ހިޔާކުދިން ގާތު ފުރާޅަށް އަރަން ބުނަނީތަ.
ޖެންޑަރ މިނިސްޓްރީގައި ދިވެހި ނިކަމެތި ރައްޔިތުންނަށް މަލާމާތް ކުރާ އެއް ހިއްސު މަދު ދަ ކަންޓްރީ ސައިޑޭ އަކަށް އެޒާތަށް ޖެލަސީ އެން އެންގަރ ކުރިއަރުވަން ސަރުކާރުގެ ވަޒީފާ ގައި ހުރެވިގެން ނުވާނެއޭ އޭނާ ކަނޑާ ނަގާ ހޫރާލާށޭ އެއްލާލާށޭ އެއީ ދެން ކޮން ކަނޑުކޮހެއްތޭ އޭނާ ވަޒީފާ އިން ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ