ބޭނުން ކުރާތާ މާ ގިނަ ދުވަސް ނުވަނީސް ހުދު ހެދުންތަކާއި ޔުނީފޯމްތަކުގެ ކުލަ މަރުވެ އޭގެ ރީތިކަން ގެއްލޭ ކަމުގެ ޝަކުވާއަކީ ވަރަށް ގިނައިން އިވޭ ޝަކުވާ އެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ބްލީޗް ނުވަތަ ލައްފިލުވާ ބޭނުން ނުކޮށް މިފަދަ ހެދުންތަކުގެ އަސްލު ކުލަ ގެނުވަން ބޭނުން ކުރެވިދާނެ އުކުޅަކަށެވެ.

ފަސްވަރަކަށް އެސްޕިރިން ގުޅަ ފެންފޮދަކަށް އަޅައި ގިރުވާލާށެވެ. ދެން އެ ފެނުގައި ހުދު ހެދުންތައް ހަ ގަޑިއިރާއި އަށް އަޑިއިރާ ދެމެދުގެ ވަގުތަކަށް ފޯކޮށްފައި ބަހައްޓާށެވެ.

ދެން އާދައިގެ މަތިން ޑިޓާޖަންޓް ބޭނުން ކޮށްގެން ދޮންނަ މެޝިނުން ދޮވެލާށެވެ. ހެދުންތަކުގެ ކުލަ އަލިވެ ހުދު ހެދުމުގެ އަސްލު ރީތިކަން ފެންނާނެ އެވެ.

އިތުރު އެހީއެއް!

ކަޅު ހެދުންތަކުގެ ކުލަ ގޮސް އަތްދަށާއި ގިރުވާން ފަދަ ތަންތަން ހުދުވާނަމަ މަތީގައި ދެންނެވުނު ފަދައިން އެސްޕިރިންގެ ބަދަލުގައި އަސޭމިރުސް ބޭނުން ކޮށްލާށެވެ. ބޭނުންވާ ނަތީޖާ ފެންނާނެ އެވެ.