ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ޓެސްޓްކުރި 3،177 ސާޕަލްގެ ތެރެއިން ކޮވިޑަށް 70 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި 3،177 ސާޕްލް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 70 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 13 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 54 މީހަކު އިތުރުން ރިސޯޓްތަކުން ފަސް މީހުންނެވެ.

Adv by Dhiraagu
Dhiraagu
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،348 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،319 މީހުންނެވެ. މިހާތަނަށް 83،784 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 232 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.