ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބައްދަލުކުރައްވައިފި އެވެ.
ގ. ބޮޑުފެންވަޅުގޭގައި ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން ފައްޔާޒް އެކްސްގައި ވިދާޅުވީ ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރު ކެއުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ނަޝީދު ވަނީ މި މަހުގެ ކުރީކޮޅު މެސެޖެއް ކުރައްވާފަ އެވެ.
"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" ނަޝީދު ފޮނުވި މެސެޖުގައިވެ އެވެ.
ރަސްމާލޭގެ މާސްޓަޕްލޭން ހަދަން ހުޅުވާލައިފި
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
