ތިމާ ދަރިއަކަށް ބަލިވެ އިންނަ ހިސާބުން އެންމެން ވެސް ދަރިން ބަލާނެ ގޮތާމެދު "ޓިޕްސް" ތައް ދޭން ފަށާނެއެވެ. ވަކި ގޮތަކަށް ކަންތައް ކުރަން ނުވަތަ އެވަނީ ކަމަކުން ދަރިން ދުރުކުރަން ބުނާނެ އެވެ. ނަމަވެސް އެ ހުރިހާ ކަމަށަކީ ރަނގަޅު ކަންކަމަށް ނުވެ ހިނގައިދާނެ އެވެ.

ދަރިފުޅު ދުނިޔެއަށް އުފަންވާ ހިސާބުން މި އަލިއަޅުވާލާ ކަންކަން ދަރިންގެ ކިބައިގައި އަށަގަންނުވައި އާއިލާގެ ތެރެއިން ދަރިފުޅަށް ނަމޫނާ ފެންނަ ނަމަ ތިޔަ ބޮޑުކުރެވެނީ ފުދުންތެރި ދަރިންތަކެކެވެ.

ކަންކަމަށް ފަރުވާތެރިވެ އެހެން މީހުންނަށް އަޅާލަން ދަސްކޮށް ދިނުމަކީ ކުދިން ބޮޑުވަމުން އަންނަ އިރު ދަސްކޮށްދޭން ޖެހޭ އެންމެ މުހިއްމު ކަންތަކެވެ. އޭރުން އެކުދިންގެ އަމިއްލަ ކަންކަން މަންމަ ނުވަތަ ބައްޕަގެ އެހީތެރިކަމާއި ނުލައި ފަރުވާތެރިވެ ގަޑިން ގަޑިއަށް ކަންކަން ނިންމަން ދަސްވާނެ އެވެ

އާއިލާގެ ތެރެއިން އެއްބައިވަންތަ ކަމުގެ ނަމޫނާ ފެންނަ ނަމަ އެކުދިން އެހެން މީހުންގެ އިހުސާސްތައް ދަނެ އެއަށް އިހުތިރާމް ކުރަން އެނގޭނެ އެވެ. އަދި އެހެން މީހުންނަށް އެހީތެރިވެ ގުޅިގެން މަސައްކަތް ކުރަން ހިތްވަރު ލިބޭނެ އެވެ.

މީގެ އިތުރުން ބޮޑެތި ވަމުން އަންނަ އިރު އެކުދިންނަށް ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލު ކުރާނެގޮަތް ދަސްކޮށް ދޭށެވެ. އެގޮތުގެ މަތިން އެކި މައްސަލަތައް ހައްލުކުރަން އެކުދިންނަށް ދަސްވުމާއެކު މައިންބަފައިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ އެެވެ. ނަތީޖާއަކަށް ވާނީ މައިންބަފައިން އެކުދިންނަށް އިތުބާރު ކުރާކަން އިހުސާސްވެ ކަންކަން ހިއްސާ ކުރަން ކެރުމެވެ.

ފުދުންތެރި ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ މުޖުތަމައުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމެވެ. މިއީ މިއަދުގެ ބެލެނިވެރިންގެ ބޮލުގައި އެޅިފައި އޮތް ފަރުދީ އަދި ގައުމީ ޒިންމާ އެކެވެ.