ރާއްޖޭގައި ކޮވިޑް ވެކްސިން އިތުރު 1,104 މީހުން ފުރިހަމަކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1،104 މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު އޭގެ ތެރެއިން މާލެ ސަރަހައްދުން 465 މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި އަތޮޅުތަކުން 639 މީހަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. މިއާއެކު ރާއްޖެއިން މުޅި ޖުމްލަ 348،662 މީހުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަލަށް 69 މީހުން ޖަހާފައިވެ އެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 393،413 އިތުރުވެފަ އެވެ.

ކޮވިޑު ފެތުރުން ހުއްޓުވައި ބަލިން ރައްކާތެރިވެ ތިބުމަށް ރާއްޖޭގައި މިވަގުތު އާންމުކޮށް ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިނެވެ.

އެހެންނަމަވެސް ހާއްސަ ހާލަތްތަކުގެ މަތިން ބައެއް މީހުންނަށް ފައިޒާ ވެކްސިން ވެސް ޖަހަމުންދެ އެވެ. އޭގެ ތެރޭގައި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖަހަ އެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ދާއިރާގެ މާހިރުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ދެ ޑޯޒު ފުރިހަމަކުރި މީހުންގެ ތެރެއިން، ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި، ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން އިތުރު ޑޯޒެއް ޖެހުމަށް މަސައްކަތް އަންނަނީ ކުރަމުނެވެ.

ރާއްޖެއިން ވަނީ ބަންގްލަދޭޝް އާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާކުރުމަށް ނިންމާފަ އެވެ.