ކޮވިޑު ޖެހިގެން ހުޅުމާލެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވީ މިއަދު ހެނދުނު 7:45 ހާއިރު އެވެ. މިމަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 238 އަށް އަރާފަ އެވެ.

ފާއިތުވެދިޔަ މަސްތަކުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި މިބަލީގައި މަރުވާ އަދަދު ވަނީ ބޮޑުތަކުން މަދުވެފަ އެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 111 މީހުންނެވެ. މިއާއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 86.088 އަށް ވަނީ އަރާފަ އެވެ. މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1251 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 17 މީހަކަށެވެ.