ރާއްޖޭގެ ބައެއް އިދާރާތަކުގެ މީހުން ބިނާކުރުމަށް ނުވަތަ ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ކޮމްޕްޓްރޯލަރު އެންޑް އޮޑިޓަރު ޖެނެރަލް މރ. ގްރިޝް ޗަންދްރަ މުރްމު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އޮޑިޓަރު ޖެނެރަލް މިހެން ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކޮށްލެއްވުމުގައި އިންޑިއާގެ ކޮމްޕްޓްރޯލަރު އެންޑް އޮޑިޓަރު ޖެނަރަލް ދެއްކެވި ވާހަކަފުޅުގައި ހާއްސަކޮށް ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށާއި، ސިއްހީ އަދި ތަޢުލީމީ ދާއިރާ އިން މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެކި ދާއިރާތަކުން އޯޑިޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުމަށް ވެސް އެބޭފުޅާ ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އެގޮތުން ތިމާވެށީގެ ދާއިރާއިންނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެބޭފުޅާ ފާހަގަކުރެއްވެވި އެވެ. އަދި އެބޭފުޅާ ވަނީ ގައުމުގައި ހުރި ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކޮށްލެއްވުމުގައި އަލިއަޅުއްވާލައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ފައިސަލް ވަނީ ސަރުކާރުގެ އޮޑިޓާ ގުޅުންހުރި އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިއާގެ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނަރަލް ފަދަ ތަޖުރިބާކާރު ބޭފުޅަކު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހުރިހާ ދާއިރާއަކުން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފަ އެވެ. މިގޮތުން އިންޑިއާ ސަރުކާރުން ހާއްސަގޮތެއްގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތަކަށް ވެދެއްވާ އެހީތެރިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވި އެވެ.
މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް އާއި، އިންޑިއާގެ ކޮމްޕްޓްރޯލަރު އެންޑް އޮޑިޓަރު ޖެނަރަލް ވަނީ ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާއި މެދު ސޮއިކުރައްވާފައިވާ ބައެއް އެމްއޯޔޫތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ބޮލީވުޑް މިއުޒިކުން އަމާލް އެއް އަހަރުގެ "ބްރޭކެއް" ނަގަނީ!
އެންމެ މިނެޓަކުން ހިތުގެ ސިއްހަތު ދެނެގަންނާނެ 3 ގޮތެއް!
ކަސްރަތު: ދާހިއްލުމަކީ ސަރުބީ ވިރޭކަން އަންގައިދޭ ކަމެއް ނޫން!