ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އަދި ލަވަކިޔުންތެރިޔާ އާމާލް މަލިކް، އޭނާގެ ސިއްހީ ހާލަތަށްޓަކައި ފިލްމީ މިއުޒިކް ހެދުމުން ވަގުތީގޮތުން ދުރަށްދާކަން އިއުލާނު ކޮށްފި އެވެ.
އެގޮތުން ކުރިއަށް އޮތް 2027 ވަނަ އަހަރާ ހަމައަށް އޭނާ ދެން އިތުރު ފިލްމުތަކަށް އައު ލަވަތައް ނުހަދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރި ހާއްސަ މެސެޖެއްގައި އާމާލް ބުނެފައިވަނީ، އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި މި ވަގުތު އަރާމު ކުރުން މުހިންމު ކަމަށެވެ.
"މި ވަގުތު މައިންޑް، ބޮޑީ، ސޯލް އަދި ޖިސްމާނީ ފަރުވާއަށް ޗުއްޓީއެއް ބޭނުންވޭ. އަލުން އައު ރާގުތަކާއެކު އެނބުރި އަންނާނަން،" އޭނާގެ ސަޕޯޓަރުންނަށް ބުނެފައިވެ އެވެ.
މި ޗުއްޓީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ވަނީ، ކުރިން ރެކޯޑުކޮށް ރިލީޒް ނުކޮށް ހުރި ބައެއް ލަވަތައް ކުރިއަށް އަންނަ ފިލްމުތަކާއެކު ނުކުމެދާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް، ކުޑަ ބަޖެޓުގެ ފިލްމުތަކަށް ސްކްރީން ހޯދުމުގައި ހުރި ދަތިތަކާ ހުރެ އެފަދަ ޕްރޮޖެކްޓުތަކުގެ މުސްތަގުބަލު ނޭނގޭ ކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ.
މި ދަނޑިވަޅުގައި އިތުރު ސުވާލުތައް ކޮށްގެން އޭނާއަށް އުނދަގޫ ނުކުރުމަށް ވެސް ސަޕޯޓަރުންގެ ކިބައިން އާމާލްު އެދިފައިވެ އެވެ.
މި ފަހުން ރިލީޒްވި ކާމިޔާބު ފިލްމު "އަވާރާޕަން 2" ގައި ވެސް އާމާލްގެ މިއުޒިކް ހިމެނިފައިވެ އެވެ. މިއުޒިކީ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އާމާލްގެ މި ނިންމުމާއެކު، ސަޕޯޓަރުން ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި ހިތްވަރު ދެމުންނެވެ.
މެސެޖު ނިންމާލަމުން އާމާލް ބުނެފައިވަނީ މިވަގުތު އޭނާއަށް އަލްުވަދާއު ކިޔުމަށާއި އެނބުރި އަންނާނެ ކަމަށެވެ.
ޗުއިންގަމްއާއި ޖޭމްތަކުގައި ހިމެނޭ ސްވީޓްނާތަކުން ސްޓްރޯކް ޖެހޭ!
ކުއްޖާ އަނިޔާވި އެކްސިޑެންޓް: ހެކި ހޯދަން ދެ ކާރު ޓޯކޮށްފި
"އޭޖީޓީ"އިން ސައިމަން ދުރަށް، ސަބަބަކީ ކޮބާ؟