ބޮލީވުޑްގެ މެގަސްޓާ ޝާހް ރުކް ޚާންގެ ދަރިފުޅު އަރްޔާން ޚާން މަސްތުވާތަކެއްޗާއެކު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ހައްޔަރުކޮށް، އެކަމާ ދެކޮޅު ހަދާ ކޮންމެ މީހަކަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ؛ "ގުޅޭނީ ނުވަތަ ފުނޑުފުނޑު ކޮށްލާ" އެވެ.

ސަރުކާރުން ދާދިފަހުން އިންޑިއާ ސަރުކާރުން މިވަނީ ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް އަމާޒުކޮށް ތުހުމަތުތަކާއި ތަހުގީގުތަކެއް ފަށައިފަ އެވެ. މުމްބާއީގައި ހިންގާ ފިލްމް އުފެއްދުމުގެ ބޮޑު ވިޔަފާރިއާމެދު ސަރުކާރުން ދެކެނީ މިގޮތަށެވެ؛ ފިލްމު އުފެއްދުމުގެ ވިޔަފާރީގައި އުޅޭ އެންމެންނަކީ ވެސް އޮޕިއަމް އާއި ގޭގައި އުފައްދާ މެރުއާނާ ފަދަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ. އޭނާގެ (މޯދީ) ތަގުރީރުތަކާއި އެނޫންވެސް އެފަދަ ވާހަކަތަކުގެ ސަބަބުން މުމްބާއީ އާއި އެ ގައުމުގެ ޒަމާންވީ ފިލްމީ އިންޑަސްޓްރީގެ ރީތި ނަމަށް ގެއްލުންދީ، އެ އިންޑަސްޓްރީގެ ނަން ކިލަނބުކޮށް، އެ އިންޑަސްޓްރީގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަނީ ހަމައެކަނި އިންޑިއާގެ ތެރޭގައެއް ނޫނެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ހިމެނޭ ގޮތަށް އެ ސްޓޭޓްގެ ސެންޓްރަލް އޭޖެންސީތައް ބޭނުންކޮށްގެން ބޮލީވުޑްގައި ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް ބުނެ އެ ސްޓޭޓުން ވަނީ ބޮލީވުޑްގެ މުހިންމު ޝަހުސިއްޔަތުތަކެއް ފާހަގަކޮށްފަ އެވެ. ޝާހް ރުކް ޚާން އާއި އަމީތާބް ބައްޗަން ފަދަ ވިދުން ގަދަ ތަރިން، އެތައް މިލިއަން ބަޔަކު ހިފަހައްޓަނީ ހަމައެކަނި އެމީހުންގެ އަމިއްލަ ގައުމަކުން އެކަންޏެއް ނޫނެވެ. ޔަގީނުން ވެސް އެ މީހުންނަކީ ގާތްގަނޑަކަށް އިންޑިޔާގެ ސަގާފަތުގެ އެމްބެސެޑަރުންނެވެ. ބައްޗަން އަކީ ހިންދޫ، ޚާން އަކީ މުސްލިމެވެ.

ޝާހް ރުކްގެ ދަރިފުޅު އަރީން އިއްޔެ ހަވީރު މިނިވަންވިއިރު އޭނާ އާއި އޭނާގެ ގިނަ ރަހުމަތްތެރިންތަކެއް ވަނީ އެންސީބީގެ ބެލުމުގެ ދަށުގައި 25 ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފަ އެވެ. އެ ބިއުރޯއިން ތުހުމަތު ކުރާ ގޮތުގައި އަރީންގެ ރަހުމަތްތެރިޔާގެ އަތުން ކެނަބިސްގެ މަދު ގްރާމްތަކެއް ފެނުނު ނަމަވެސް އަރީން އަމިއްލައަށް އެއްވެސް ޑްރަގެއް ގެންގުޅުނު ކަމެއް އެ ބިއުރޯއަށް ވެސް ތުހުމަތެއް ނުކުރެވެ އެވެ. އެކަމަކު ކުށްވެރިންނާއި ޓެރަރިސްޓުން ހިފެހެއްޓުމުގެ ނިޔަތުގައި އާތާ ރޯޑް ޖަލުގައި ގާތްގަނޑަކަށް ތިން ހަފުތާ އޭނާ ހޭދަކުރި އެވެ.

މީގެ ކުރިން އެފަދަ ހާލަތްތަކުގައި ހައްޔަރުކުރާ ނުވަތަ ބަންދުކުރާ މީހުންނަށް 24 ގަޑިއިރުގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޝްހޫރު "ކަޕިލް ޝަރްމާ ޝޯ" ގައި މަސައްކަތް ކުރަމުން ދިޔަ ކޮމީޑިއަން އެއް ފުލުހުން ހުއްޓުވާފައި ވަނީ އޭނާ 86.5 ކެނަބިސް ގެންގުޅުނު ކަމަށް ބުނާ މައްސަލައެއްގަ އެވެ. އޭނާ އާއި އޭނާގެ ފިރިމީހާ ހައްޔަރުކޮށް، ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ވަނީ ދެ ދުވަސް ވަންދެން ބަންދުކޮށްފައި ބޭތިއްބޭނެ ކަމަށް ބުނެ އެވެ.

އަރީންއަށް އަދަބު ނުދެނީ އޭނާގެ އެކުވެރިން ހީކުރި ގޮތާ ހިލާފަށް ކުށްހީތައް ކުރަން ބޭނުންނުވާތީ އެވެ. އޭނާއަށް އަދަބު ދެނީ ޝާހް ރުކް ޚާންގެ ދަރިއަކަށް ވީތީ އެވެ.

އަރީން ހައްޔަރުކުރީ އެންސީބީގެ އޮފިސަރެއް ކަމަށްވާ ސަމީރު ވަންޚެޑޭ އިސްވެ ހުރެ އެވެ. އަދި އޭނާ އެކަން ކުރީ ރިޝްވަތު ދީގެން ކަމަށް އެކަން ދެނެހުރި މީހަކު ކިޔައިދީފައިވެ އެވެ. ވަންޚެޑޭ އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތް މަރުވީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ހަދަން މައްސަލަ އަނބުރާލަން އުޅުނު އޮފިސަރެކެވެ. އަދި ރާޖްޕުތްގެ ވަރަށް ގާތް އެކްޓްރެސްއެއް ކަމަށްވާ އާރްޔާ ޗަކްރަބަތީ ވެސް 32 ދުވަސް ވަންދެން ޖަލުގައި ހިފެހެއްޓި އެވެ. ޗަކްރަބަތީ މަސްތުވާތަކެއްޗަށް ނެގެޓިވްވެ، ޑްރަގް ޑީލަރުންނާ އެއްވެސް ގުޅުމެއް ނެތް ނަމަވެސް މަސްތުވާތަކެތީގެ ތުހުމަތުގައި އޭނާ ޖަލުގައި ހައްޔަރުކޮށްފައިވާތާ މަހެއްހާ ދުވަސް ވަނީ އެވެ.

ވަންޚެޑޭ، ޗަކްރަބަތީ ވެސް ހިފަހައްޓާފައިވަނީ އަރީން ޚާން ހިފެހެއްޓި ސަބަބާ ހެދި އެވެ. އިންޑިއާގެ އެންމެ މަގުބޫލު ފިލްމު އިންޑަސްޓްރީގެ ފަންނާނުންނަށް ބިރުވެރިކަން ކުރިމަތި ކޮށް ބިރުދައްކަނީ، އެ ސްޓޭޓަކީ ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ ބީޖޭޕީ ނުހިންގާ ސްޓޭޓަކަށް ވާތީ އެވެ. މިއީ ހަމައެކަނި ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ ޣައިރު ގާނޫނީ ކަމެއްގެ އިތުރުން އިންސާނީ ކަރާމާތާއި އާދައިގެ އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފު ކަމެކެވެ. އެކަމާ ހެދި މުމްބާއީ ވަނީ ނިކަމެތިވެފަ އެވެ. މި ދެ މައްސަލަ ވެސް ހިނގާފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި، ދެ މައްސަލަ ވެސް ބައްޓަން ކޮށްފައި ވަނީ އާންމުން އެންމެ ބޮޑަށް ނަފުރަތުކުރާ ކަންކަމަށް ތުހުމަތުކޮށްފަ އެވެ. މަހަރާޝްތްރާ ސްޓޭޓް (މުމްބާއީއަކީ ވެރިރަށް ކަމަށް ވެފައި) ގައި ފިލްމީ ތަރިން، ނޫސްވެރިން، ނުވަތަ ސިޔާސީ މީހުން ކަމުގައި ވިޔަސް، ކޮންމެ ސެންޓްރަލް އޭޖެންސީއެއް ވެސް ބޭނުން ކުރަނީ އާންމު ޝަހުސިއްޔަތުތައް އެކަހެރި ކުރުމަށެވެ.

ވަންޚެޑޭ ވަނީ އެ ސްޓޭޓްގެ އެހެން ސްޓޭޓް މިނިސްޓަރުންގެ މައްޗަށް ވެސް ދައުވާ އުފުލައިފަ އެވެ. އަދި އިންވެސްޓިގޭޓިން އޮފިސަރުން ވެސް ދަނީ މަރުކަޒީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން ފަދައިން އެކަން ދިފާއުކުރަމުންނެވެ. އަރްޔަން ޚާންގެ މައްސަލައާ ގުޅިގެން ވަންޚެޑޭ އަކީ ކޮރަޕްޓް ދޮގުވެރިއެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މުމްބާއީގައި ފިލްމު އިންޑަސްޓްރީއަކީ އިންޑިއާގެ ފަޚުރެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރާ ގައުމެކެވެ. އެއިން ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. މުމްބާއީގައި އެ އިންޑަސްޓްރީ ކުރިއަރައިގެން ދިޔައީ މަހަރާޝްތްރާގެ ދާދާސާހެބް ފަލްކޭ އަމިއްލައަށް ފިލްމު އިންޑަސްޓްރީގެ ބިންގާ އެޅުމުންނެވެ. އެއީ އެއްވެސް އިރެއްގައި ވަކި ދީނެއްގައި ބަނދެވިފައި އޮތް ކަމެއް ނޫނެވެ. މިއީ ހަމަ މި އިންޑަސްޓްރީން ޔޫސުފް ޚާން، މެގަސްޓާއެއް ކަމަށްވާ ދިލިޕް ކުމާރުގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވި އިންޑަސްޓްރީއެކެވެ. އެއީ ޝާހް ރުކް ޚާން އަށް "ބާދްޝާހް" ނުވަތަ "ކިންގް ޚާން" ގެ ލަގަބު އެރުވި އިންޑަސްޓްރީ އެވެ. އަދި މިއީ ސަލްމާން އާއި އާމިރް ޚާން މަޝްހޫރުކަމުގެ އުސްމިންތަކަށް ދާން ޖެހުނު ސަބަބެވެ. އަމީތާބް ބައްޗަން ލެޖެންޑަކަށް ވީ ބޮލީވުޑްގެ ސަބަބުންނެވެ. މި މީހުންނަށް މިހާ ބޮޑު މަޝްހޫރުކަމެއް ލިބުނީ މަސްތުގެ ކަނޑަކަށް ޣަރަގުވެފައި ތިއްބާއެއް ނޫނެވެ.

ސިޔާސީ މަންފާއެއް ހާސިލްކުރަން މުޅި ބިނާ ހަލާކުކޮށްލަން އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. އަދި އެކަން އެގޮތަށް ކުރާ މީހަކު ބަތަލަކަށްވާނެ ގޮތެއް ވެސް ނޯންނާނެ އެވެ.

1975 ވަނަ އަހަރު އިއުލާންކުރި ގައުމީ ކުއްލި ހާލަތުގައި މިނިސްޓަރު ސަންޖޭ ގާންދީ ވަނީ އާޓިސްޓުންނަށް ޕްރެޝަރުކޮށްގެން ގައުމީ ރޭޑިއޯ ކޮންޓްރޯލްކުރަން މަސައްކަތްކޮށްފަ އެވެ. އިންޑިއާގެ އެންމެ ބޮޑު އެއް ފަންނާނު ކިޝޯރު ކުމާރު މި ހިދުމަތުގައި ކުޅުން މަނާކުރި އެވެ. ބްރޯޑްކާސްޓް މިނިސްޓަރު އިސްތިއުފާ ދިނުމުން ވިދްޔާޗަރަން ޝުކްލާއަށް އެ މަގާމު ދިނުމުން، އެ ހުރިހާ ކަމެއް ގެ ތެރެއިން ބޮލީވުޑްގެ ފަންނާނުން އެކަމާ ދެކޮޅަށް ނުކުތެވެ. މުމްބާއީގައި މިހާރު ކުރިއަރަމުން އަންނަ ސިނަމާއަކީ މި ސިޓީގެ ހިތްވަރާއި ފަޚުރާއި އަދި އެތައް ބައެއްގެ އިހުސާސް އެވެ.

މޯދީ ސަރުކާރުން ހިންގާ ގުޖުރާތު ނުވަތަ އުއްތަރް ޕްރަދޭޝްއަށް ހިންދީ ފިލްމު އިންޑަސްޓްރީގެ މަރުކަޒު ބަދަލުކުރުމަށް ގަވާއިދުން މަސައްކަތްކުރާ މަންޒަރު އަޅުގަނޑުމެންނަށް ވަނީ ފެނިފަ އެވެ. ތަފާތު އިނާޔަތްތަކާއި، ސަބްސިޑީތައް ދެމުން އަންނަ އިރު، އަދި އިންޑަސްޓްރީން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންވެ މޯދީ ދަނީ އެ މީހުންނަށް ރިޝްވަތު ދީ ނުވަތަ ނުވަތަ ފިލްމީ ތަރިން ގެންގުޅޭ ފައިސާ އަކީ ނުހައްގުން ހޯދާ މުއްސަނދިކަމަށް ހެދުމަށް ބިރު ދައްކަމުންނެވެ. ހަގީގަތަކީ ފިލްމީ ތަރިންނަކީ ވެރިކަންކުރާ ޕާޓީ އާއި އެ ޕާޓީގެ އިންޑަސްޓްރިއަލިސްޓުން ގޮތަށް ވަގު ފައިސާ ގެންގުޅޭ ބައެއް ނޫން ކަމަވެ.

ބީޖޭޕީގެ ލީޑަރުންނާއި ހިންދޫ ނޭޝަނަލިސްޓުން އަބަދު ވެސް ބުނަމުން ދަނީ މުމްބާއީ ފިލްމު އިންޑަސްޓްރީ އަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އިންޑަސްޓްރީއެއް ކަމަށެވެ. އެހެންވެ ގައުމުގެ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ނިމުމަކަށް ގެނައުމަށް ވަރުގަދަ މަސައްކަތްތަކެއް މޯދީގެ ސަރުކާރުން ފެށީ ކަމަށް ބުނެ ވާހަކަ ދައްކަންވީ ހެއްޔެވެ؟

މަސްތުވާތަކެތީގެ ވިޔަފާރި އަށް ނިމުމެއް ނާންނަ ނަމަ، އެންސީބީއިން ތަހުގީގު ކުރަން ޖެހޭނީ ކާކު ހެއްޔެވެ؟ ސެންޓްރަލް އިންވެސްޓިގޭޝަން އޭޖެންސީތަކަކީ ބީޖޭޕީ އާއި މޯދީގެ ސަރުކާރުގެ ޕަޕެޓަކަށް ނޫނީ ނުވެ އެވެ. މުމްބާއީގައި ވެރިކަންކުރާ ބީޖޭޕީގެ ލީޑަރުން ފަޚުރުވެރިކަމާއެކު އެމީހުންގެ ރަހުމަތްތެރިންނަށް އަންގަނީ "ދެން ރެއިޑް ކުރާނީ ކާކުކަން" އެނގޭ ކަމަށާއި، އެންފޯސްމަންޓް ޑައިރެކްޓްރޭޓާއި، ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އަދި އިންކަމް ޓެކްސް ޑިޕާޓްމެންޓުން އެތަންތަނަށް ވަދެ ފަލީހަތްކުރަން މަސައްކަތް ފަށަ އެވެ. މިގޮތުން ފެނުނު ހެކިތަކުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި އަރްޔަން ޚާން ހައްޔަރުކުރުމަށް ކްރޫޒް ލައިނާއެއްގައި އޮތް ޕާޓީއަށް ވަދެގަތީ، ނިއު ދިއްލީގެ އިރުޝާދުގެ މަތިން ބީޖޭޕީގެ ސީދާ ބެލުމުގެ ދަށުންކަމެވެ.

ސަމީރު ވަންޚެޑޭއާ ގުޅޭ ގޮތުން ހައިރާންކުރުވަނިވި ވާހަކަތަކެއް ފެންމަތިވިއިރު، ބީޖޭޕީން މިހާ ވަރުގަދައަށް އޭނާ ދިފާއުކުރަން ޖެހޭ ސަބަބެއް ނެތެވެ. ފިލްމީ ދާއިރާގެ ބާރުގަދަ މީހުންގެ ދުވަސް ދުއްވާލުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާއިރު، ބައެއް މީހުން ނިއު ދިއްލީއަށް އިހުތިރާމްގެ ޒިޔާރަތް ކުރެ އެވެ. ޝާހް ރުކް ޚާން ވެސް އާއްމުންނަށް އެކަންކަން ފާހަގަނުވާ ގޮތަށް ކުރެ އެވެ. އަދި ގާންދީ އާއިލާއާ ވެސް ގުޅުން ދަމަހައްޓަ އެވެ. ހަމަ ޔަގީނުން ވެސް ޝާހް ރުކް ވަނީ އަމިއްލަ މަސައްކަތުން ކޮޅަށް ތެދުވެފަ އެވެ. އަޅުގަނޑުގެ އަމިއްލަ ޕާޓީ ޝިވް ސޭނާ ވެސް ހިމެނޭ ގޮތަށް އެއްވެސް ވެރިޔަކަށް އޭނާ ދުވަހަކު ވެސް ތާއީދެއް ނުކުރެ އެވެ.

ރައްޔިތެއްގެ ހައިސިއްޔަތުން ޝާހް ރުކް ޚާންއަށް އޭނާގެ ސިޔާސީ ގަބޫލުކުރުންތައް ދަމަހައްޓައި، އެ ފިކުރުތައް ފާޅުކުރުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ މި ގައުމުގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހަމަ އެއް ހައްގެއް ނަމަވެސް އިންޑިއާގައި ކަންކަން ބަދަލުވެއްޖެ އެވެ. އަޅުގަނޑުމެންގެ ލީޑަރުންނަކީ ނުރައްކާތެރި ސިޔާސީ ކުޅިވަރެއް ކުޅޭ ބައެއް ނުވަތަ ކޮންމެ ހާދިސާއަކީ ހިންދޫންނާއި މުސްލިމް، އިންޑިއާ އަދި ޕާކިސްތާނާ ދެމެދު ހިނގާ ފަދަ ކުރިމަތިލުމަކަށް ވަނީ ބަދަލުވެފަ އެވެ.

އަރީން ޚާންގެ މައްސަލަ ވަކި ތަފާތެއް ނޫނެވެ. އަރީންއަށް ކަފާލާތުގެ ދަށުން މިނިވަންވެފައިވީ ނަމަވެސް އޭނާ ޖަލުގައި ބަންދުކުރި 25 ދުވަސް ކޮބާ ހެއްޔެވެ؟ އަރްޔަން އާއި ފިލްމީ ދާއިރާއަށް ދިން ހަމަލާތަކާ ދެކޮޅަށް ވާހަކަ ދައްކާފައި ވަނީ ވަރަށް މަދު އާޓިސްޓުންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޖާޔާ ބަޗާ އާއި ޖާވިދު އަޚްތަރު އެވެ. މިއީ ތޯ ގައުމިއްޔަތު؟ އެންސީބީގެ އަމަލުތައް ހުރީ ކަންބޮޑުވާ ފަދަ ދަރަޖައެއްގަ އެވެ.

އަރްޔާން ޚާން ހައްޔަރުކުރުމަކީ މަރުކަޒީ އަދި ސްޓޭޓް ސަރުކާރުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ވަރުގަދަވުމުގެ ނަތީޖާކަން ވަރަށް ސާފުކޮށް އެނގެން އޮތް އިރު، ބީޖޭޕީން ފެންނަނީ އެ ޕާޓީއަށް ތާއީދު ނުކުރާ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންގެ ދުވަސް ދުއްވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި އެކުވެރި ދައުލަތްތަކާއި، އެ ދައުލަތްތައް ދެކެ ރައްޔިތުން ފަޚުރުވެރިވެ އެވެ. އެއީ ހަނގުރާމައިގެ ރޫހުގައި ތިބި ރައްޔިތުންނެވެ. އަޅުގަނޑުގެ ގައުމާއި، މިނިވަންކަމާއި، ޑިމޮކްރަސީގެ މަތިވެރި ބިންގާ. ދަރަނި ބޮޑުވެ، އިގްތިޞާދު ފުނޑުފުނޑުވެ، ކޮރަޕްޝަނާއި ދޮގުތައް އިންތިހާއަށް މިދަނީ ފެތުރެމުންނެވެ. ނަމަވެސް އަހަރެމެންގެ އަމިއްލަ ބިންގަލަށް ހަމަލާދިނުން ހުއްޓާލާނަން ނުވޭ ހެއްޔެވެ؟

އެޑިޓަރުގެ ނޯޓް: މިއީ އިންޑިއާގެ ޝިވް ސޭނާ ޕާޓީގެ ޕާލަމެންޓް މެމްބަރު އަދި އިންޑިއާގެ ސަރަހައްދީ ނޫހެއް ކަމަށްވާ "ސަމްނާ"ގެ އެޑިޓަރު ސަންޖޭ ރައުޓުގެ ލިޔުއްވުމެއްގެ ހުލާސާ ތަރުޖަމާއެކެވެ.