ތިން އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އަންކިތާ ލޯކަންޑޭ އާއި ވިކީ ޖެއިން މިއަހަރުގެ ޑިސެމްބަރު ގައި ކައިވެނި ކުރުމަށް ނިންމައިފި އެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްތައް ބުނާ ގޮތުގައި ޑްރާމާ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އަންކިތާ އާއި ވިކީ ކައިވެނި ޑިސެމްބަރު މަހުގެ ކުރުމަށް ނިންމާފަ އެވެ. އެގޮތުން ޑިސެމްބަރު މަހުގެ 12، 13 ނުވަތަ 14 ވަނަ ދުވަހު އެ ދެމީހުންގެ ކައިވެނި ކުރުމަށް ނިންމާފައިވާ ތާރީހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި ކައިވެނީގެ ދައުވަތު ކާޑުތައް އާއިލާ މެމްބަރުންނާއި ރައްޓެހިންނަށް ވަރަށް އަވަހަށް ބެހުމަށް ވަނީ ނިންމާފަ އެވެ.

https://www.instagram.com/p/CQI8Jb0L5L3/

އަންކިތާ އާއި ވިކީ ދެމެދު ގުޅުން އުފެދިފައިވަނީ އިންސްޓަގުރާމް މެދުވެރިކޮށެވެ. އެގޮތުން ދެ މީހުންގެ މެދުގައި އުފެދިގެން ދިޔަ ގުޅުން އެންމެ ފަހު ވަނީ ލޯބީގެ ގުޅުމަކަށް ބަދަލުވެފަ އެވެ.

އަންގިތާގެ އިންސްޓަގްރާމްގައި އެ ދެ މީހުންގެ ފޮޓޯ އަބަދުވެސް ފެނިގެންދެ އެވެ. ވަރަށް ފަހު ދިވާލީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގެ ފޮޓޯތައް ވެސް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.