ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސޫރްޔަވަންސް" ސިނަމާގައި ރިލީޒް ކުރިތާ މާ ގިނަ އިރެއް ނުވަނީސް ފިލްމު ލީކުކޮށްލައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް އަދި ކެޓްރީނާ ކައިފްގެ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސޫރިޔަވަންޝީ" ލީކުކޮށްލާފައިވަނީ އޮންލައިން ވެބްސައިޓްތަކުންނެވެ.

ބޮލީވުޑްގެ ފިލްމުތަކުން ޕައިރަސީއާ ހަނގުރާމަ ކުރަން ޖެހިފައިވާއިރު، ބޮލީވުޑްގެ ފިލްމު އުފެއްދުންތެރިން އަންނަނީ ޕައިރަސީގެ މައްސަލަ ހުއްޓުމަކަށް ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މަސައްކަތްތަކަށް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.

"ސޫރްޔަވަންޝީ" އަކީ ކޮވިޑު 19ގެ ބަލިމަޑުކަމުގެ ދެވަނަ ރާޅަށް ފަހު އިންޑިއާގެ ސިނަމާތަކުގައި ރިލީޒް ކުރި ފުރަތަމަ ފިލްމެވެ. ފިލްމު ލީކުކޮށްލާފައި ވީނަމަވެސް މިފިލްމަށް އަންނަނީ ބޮކްސް އޮފީހުގައި ކާމިޔާބުތަކެއް ހޯދަމުންނެވެ. އަދި ފިލްމުތަކަށް ފާޑިކިޔާ ފަރާތަކުންވެސް "ސޫރްވަންޝީ"އަށް ތައުރީފް ކޮށް ވާހަކަ ދައްކާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. މިއީ އިންޑިއާ ސިނަމާތަކަށް ކޮވިޑަށް ފަހު އަލުން ހުޅުވިގެން ދިޔައިރު "ސޫރްޔަވަންޝީ"ގެ ސަބަބުން ސިނަމާތަކުގެ ފަޅުކަން ފިލާނެ ކަމަށް ވަނީ ބުނެފަ އެވެ.

https://www.youtube.com/watch?v=u5r77-OQwa8&t=2s

ފިލްމުގައި އަކްޝޭ ފެނިގެންދާނީ އެންޓި ޓެރެރިޒަމް ސުކުއޮޑް އޮފިސަރެއްގެ ރޯލްއިނެވެ. އަޖޭ ދޭވްގަން އަދި ރަންވީރް ސިންގް ސިންގަމް އާ ސިންބާގެ ރޯލްއިންވެސް ފެނިގެން ދާނެ އެވެ. ފިލްމު ޕޮރޮޑިއުސް ކޮށްފައިވަނީ ކަރަން ޖޯހަރްގެ ދަރްމާ ޕުރޮޑަކްޝަން އާ ބުޝަން ކުމާރުގެ ޓީ ސީރީޒް ރޯހިދްގެ ރޯހިދް ޕިކްޗާރސް އަދި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސްއިންނެވެ.