އޮސްޓްރޭލިއާއިން އުފައްދާ "ރޯ ފެސިފިކް އޮއިސްޓާ" ނުވިއްކުމަށާއި ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން ބުނީ ވިބްރިއޯ ޕެރަހެމޮލީޓިކްސް ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށްވާ އޮސްޓްރޭލިޔާގެ "ކޮފިން ބޭ"ގައި އުފައްދާފައިވާ "ފްރެސްޓިޖް ފުޑްސް އިންޓަނޭޝަނަލް"ގެ "ރޯ ޕެސިފިކް އޮއިސްޓާ" ރައްޖޭއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނިގޮތުގައި އެކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމަށް އެ އޮތޯރިޓީން މިހާރު ވަނީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެ އޮތޯރިޓީން ވަކި ގޮތެއް އަންގަނެދެން އެ އުފެއްދުން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފަ އެވެ.
އުފާތައް ގުރުބާން ނުކޮށް ވެސް ފައިސާ ރައްކާ ކުރެވިދާނެ!
މިނިވަން ދުވަހުގެ ތަގުރީރާމެދު ހިތާމަކުރަންޖެހޭ: ރާޝިދާ
ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލު މަޖިލީހުގައި ތާށިވެފައި!