ނައިބު ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އަބްދުލް ހާމިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ފައިސަލް އާއި ބަންގްލަދޭޝްގެ ރައީސް ވަނީ ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ނައިބު ރައީސް ވަނީ ޑާކާގެ ހޮޓެލް އިންޓަކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
ނައިބު ރައީސް ފައިސަލް ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ވަކިކޮށްފި
އުދުހޭއިރު އިޔާޝާ ވަރަށް އުފާވޭ!
ޓްރީ ޓޮޕް ހޮސްޕިޓަލުން ށ. ފުނަދޫގައި ހެލްތު ކޭމްޕެއް