ރައްޔިތުންގެ މަޖިލީހުން އިންތިޒާމުކޮށްގެން ބާއްވާ "އާސްކް ސްޕީކާ"ގެ އިތުރު ޕްރޮގްރާމެއް މި މަހުގެ 30ގައި ބާއްވާނެ ކަމަށް މަޖިލީހުން ހާމަކޮށްފި އެވެ.

މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 30ވަނަ ދުވަހުގެ ރޭ 09:00ގަ އެވެ. މި ޕްރޮގްރާމަށް ވެސް އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. އެގޮތުން ވީޑިއޯއާއި މެސެޖު މެދުވެރިކޮށް ވެސް ސުވާލުކުރުމުގެ ފުރުސަތު އޮވެއެވެ. މަޖިލީހުން ބުނީ އެ ރޭ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 30ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފުރިހަމަ ނަމާއި އައިޑީ ކާޑު ނަމްބަރު މަޖިލީހަށް ހުށައަޅަން ވާނެކަމަށެވެ.

އާސްކް ސްޕީކާގެ 3 ވަނަ ޝޯ ކުރިއަށް ގެންގޮސްފައިވަނީ ވަރޗުއަލް ކޮށެވެ. އެއިރު ރައީސް ނަޝީދު ހުންނެވީ ބޮމުގެ ހަމަލާއަށްފަހު ބޭސް ފަރުވާއަށް ވަޑައިގެން ގައުމުން ބޭރުގަ އެވެ.