މޭބިސްކަދުރަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައް އެކުލެވިގެންވާ މޭވާއެއްކަން އިނގޭހެއްޔެވެ؟ އެއީ މިންވަރަކަށް ޕޮޓޭސިއަމް، ކާބޯހައިޑްރޭޓްސް، ޕްރޮޓީން، ކެލްސިއަމް، އަޔަން، މެގްނީސިއަމް، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ބީ ސިކްސް އެކުލެވިގެންވެއެވެ. މި ކުޑަކުޑަ މޭވާއަކީ ފައިދާތަކުން ފުރިގެންވާ މޭވާއެއްކަން މިކަމުންވެސް ދޭހަވެގެންދެ އެވެ. މި ލިޔުމުގައި ތި ބަލާލަނީ މި ކުޑަ ކުޑަ މޭވާއިން ލިބޭ ފައިދާތަކަށެވެ.

ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު މަތިކޮއްދޭ

މޭބިސްކަދުރަކީ އޭގައި މަތީ މިންވަރަކަށް ކާބޯހައިޑްރޭޓް އަދި ސެލިއުލޯސް އެކުލެވިގެންވާ މޭވާއެކެވެ. މި ދެ މާއްދާއަކީވެސް މީހާގެ ގައިގައި ވަރު ޖައްސުވައި، ހަކަތަ އިތުރުވުމަށް މެދުވެރިކުރުވާ މާއްދާތަކެކެވެ. މޭބިސްކަަދުރު ކާ ވަގުތުގައިވެސް މީހާއަށް ކުއްލިއަކަށް ހަކަަތަ ލިބޭނެ އެވެ.

ހަޖަމްކުރުމުގެ ނިޒާމުގެ ސިއްހަތު ރަނގަޅުކޮށްދޭ

މޭބިސްކަދުރުގައި މަތީ މިންވަރަކަށް ފައިބާ އެކުލެވިގެންވެ އެވެ. މިއީ ހަޖަމްކުރުމުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އެހީވެދޭ މާއްދާ އެކެވެ. މޭބިސްކަދުރުގައި އެކުލެވޭ ފައިބާގެ ބާވަތަކީ އެހެން ބައެއް ކާނާތަކާ ހިލާފަށް ގިނައިރު އެހެން މާއްދާތަކާއި އެކުވުމެއް ނެތި ގޮހޮރުގައި ދެމިހުންނަ ބާވަތެކެވެ. މި ގޮތުން ގިނައިރު ގޮހޮރުގައި ގާއިމްވެ ހުރެ، ގޮހޮރުގެ ބޭރު ފަށަލަތައް ދުޅަހެޔޮކަންމަތީ ބަހައްޓަން މޭބިސްކަދުރު އެހީވެދެ އެވެ. މޭބިސްކަދުރުގައި އެކުލެވިގެންވާ ފެނަކީވެސް ހަޖަމްކުރުމުގެ ނިޒާމު ރަނގަޅަށް ކުރިއަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ގިނަ ވައްތަރުގެ ކެންސަރުތަކުން ދިފާއުކޮށްދޭ

މޭބިސްކަދުރަކީ އޭގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ މޭވާ އެކެވެ. މި ގޮތުން ޓޮކްސިންއާއި ހަށިގަނޑަށް ނޭދެވޭ އަސަރު ފޯރުވާ ގިނަ މާއްދާތައް ނައްތާލުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓްތައް މަސައްކަތްކުރަނީ ހަށިގަނޑުގެ ސިއްހަތު ދުޅަހެޔޮކަންމަތީގައި ދެމެހެއްޓުމަށެވެ. ކޮންމެ ދުވަހަކު ގަވާއިދުން މޭބިސްކަަދުރު ކެއުމަކީ ކެންސަރު ބަލިތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ ކަމެކެވެ.

ކިޑްނީގެ ބަލިތަކުން ދުރު ކޮށްދޭ

މޭބިސްކަދުރުގައި އެންތޮކަޔަނިން ފަދަ ބާރުގަދަ އެންޓިއޮކްސިޑެންޓް އެކުލެވިގެންވެ އެވެ. މިއީ މޭބިސްކަދުރަށް އޭގައިވާ ރަތްކުލަ ނުވަތަ ދަނބުކުލަ ޖައްސުވައިދޭ ސަބަބު ވެސްމެއެވެ. މި މާއްދާއަކީ ހަށިގަނޑުގައި ހުންނަ މުހިންމު ސެލްތައް މަރާލައި ނައްތާލުމަށް މަސައްކަތްކުރާ ނުރައްކާތެރި އެއްޗެއްކަމަށްވާ ފްރީ ރެޑިކަލްތައް ނައްތާލުމަށް އެހީވެދޭ މާއްދާއެކެވެ. މި ފަދަ ފްރީ ރެޑިކަލް އަކީ ކިޑްނީތަކުގައި އިންފެކްޝަންތައް އުފައްދައި ބަލިތައް ޖައްސަން މެދުވެރިކުރާ އެއްޗެކެވެ.