ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓެއް ހިންގާ ތުރުކީގެ ޖޯއަލި ކުންފުނިން ރ. ބޮޑުފުށީގައި މުޅިން އާ ކޮންސެޕްޓެއްގެ 68 ޕްރައިވެޓް ވިލާ ހިމެނޭ ރިސޯޓެއް ހުޅުވައިފި އެވެ.

ޖޯއަލިން އެންމެ ފުރަތަމަ ރާއްޖޭގައި ޓޫރިޒަމް ފެށީ 2018 ވަނަ އަހަރު ރ. މުރަވަންދޫގައި ހުޅުވި 73 ވިލާގެ ރިސޯޓާއެކު އެވެ.

އެ ކުންފުނިން މިދިޔަ މަހުގެ 15 ގައި އަލަށް ހުޅުވި "ޖޯއަލި ބީން" އަކީ ވެލްނަސްއަށް ހާއްސަކޮށްގެން ހުޅުވި ރިސޯޓެކެވެ. މިއީ "ވެލް ބީން" ކޮންސެޕްޓަށް ރާއްޖޭގައި ހެދި ފުރަތަމަ ރިސޯޓެވެ.

މާލެއިން ފުރައިގެން ސީޕްލޭންގައި 35 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެ ރިސޯޓުން ބުނީ "ވެލްބީންގް" ރިސޯޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި ރިސޯޓަކީ ވެލްނެސް ކޮންސެޕްޓަށް ވުރެ އެއް ފިޔަވަޅު ކުރިޔަށް ޖެހި، ގުދުރަތީ ހިތްގައިމުކަމުގެ ގެނބިގެން ދިއުމަށް އަޒުމް ކަނޑައަޅައިގެން، ފުރިހަމަ ޕާސަނަލައިޒްޑް އަދި ނަތީޖާ ނެރެވޭ ފަދަ އިންގިލާބީ ޕްރޮގްރާމްތަކެއް ހުށަހަޅައިދޭނެ ކަމަށެވެ. އަދި ގެސްޓުން އެނބުރި ގައުމަށް ދާއިރު، "ބަރުދަން ލުއި" ކަމުގެ އާ އިހްސާސްތަކާއެކު، ތާޒާކަމާއި، އާ ހިތްވަރު ފުރިހަމަ އަށް ފަރުމާކޮށް، ނަތީޖާ ނެރެވޭ ފަދަ އިންގިލާބީ ޕްރޮގްރާމްތަކެއް ގެނެސްދޭ ޕްރޮގްރާމްތައް ހުންނާނެ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ރިސޯޓުގައި ހައިޑްރޯތެރަޕީ، މޫވްމަންޓް އަދި ސައުންޑް ހެލްޕިން އެކްސްޕީރިއަންސްއާއެކު އެންމެ ފުރިހަމަ ވެލްނެސް ފެސިލިޓީސްތަކާއި ތަފާތު ކަންތައްތައް އިހުސާސްކުރެވޭނެ ކަމަށް ވެސް ޖޯލި ބީން އިން ބުނެފައިވެ އެވެ.

ރ. ބޮޑުފުށީގައި ތުރުކީގެ ޖޯއަލިން ހެދި އާ ރިސޯޓު.

"ޖޯއަލިއަކީ ދުނިޔޭގެ އެހެން ގައުމުތަކާ ޚިލާފަށް ދުޅަހެޔޮ ރިޓްރީޓެއް؛ މިއީ ވަށައިގެންވާ ގުދުރަތީ ރީތިކަމާއި، އަޅުގަނޑުމެންގެ ހަށިގަނޑާއި، އަޅުގަނޑުމެންގެ ބުއްދިއާއި، ތިމާގެ އަމިއްލަ ނަފްސާ ދެމެދު އޮންނަ ގުޅުން އިތުރަށް އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި، އިންގީލާބީ މަންޒިލެއް،" އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އޮޒްގާ ސެންގީޒް ވިދާޅުވެފައިވެ އެވެ. "ޖޯލީގައި ހުރުމުގެ ޖާދޫއަކީ މީގެ ކުރިން އެއްވެސް ވާހަކައެއް ލިޔެވިފައި ނުވާ އަދި ކުރިން އެއްވެސް ދަތުރުނާމާއެއް ކަނޑައެޅިފައި ނުވާ، އޭގެ ބަދަލުގައި އެ ތަނަކީ ހުރިހާ މެހެމާނުންނަށް މަރުހަބާ ކިޔައި، ދައުވަތު ދީ، އަމިއްލަ ނަފްސު އާރާސްތުކޮށް، ގެސްޓުންނަށް އެނބުރި ގައުމަށް އައުމުގެ އިހްސާސް އުފުލައި، ހިތް އުފާކޮށްދީ، މަގު ތަނަވަސްކޮށްދީ، އަމިއްލަ ވަޒަނަށް އެނބުރި އައުމަށް މަގުފަހިކޮށްދޭނެ ތަނެއް."

އެ ރިސޯޓުން ބުނީ، ޓޫރިސްޓުން ޗުއްޓީ ހޭދަކުރާއިރު އިމާޝަން ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްތައް ބައްޓަން ކުރެވޭނީ "ސްޓްރެންތް އެންޑް ވައިޓަލިޓީ، ސިކުނޑީގެ ހާސްކަން ފިލުވުމާއި، ހޯމޯނަލް ބެލެންސް، އަންހެނުންގެ ސިއްހަތު، ހަޖަމްކުރުމާއި ބަރުދަން އެއްވަރެއް ހިފެހެއްޓުން، ނިދުމުގައި ދިމާވާ މައްސަލަ، އަދި ހަށިގަނޑު ވަރުގަދަކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުން" ފަދަ ދާއިރާތަކަށް ކަމަށް އެ ރިސޯޓުން ބުންޏެވެ.