އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގައި "ކޮތަރުކޮށި" ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު ވާ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް -2 ގައި ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގަ އެވެ.

މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފަ އެވެ.

އިދިކޮޅުން ވަނީ މިދިޔަ ހުކުރު ދުވަހު ރައީސް ޔާމީން ޖަލު މިނިވަންވުމުގެ އުފަލުގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ. މިޖަލްސާގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.