ހަކުރު ބައްޔަކީ އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. ވީއިރު އެބަލިން ދުރުވެ ރައްކާތެރިވުމަށް ބަލީގެ އެންމެ ފުރަތަމަ އަލާމާތްތައް ދެނެގަތުން މުހިއްމެވެ.

ހަކުރު ބަލި ހުންނަ ނަމަ ފެންނާނެ އެންމެ ފުރަތަމަ އާލަތްމަތްތަކުގެ ތެރޭގައި ކުރިއަށްވުރެ ގިނައިން ކުޑަކަމުދެވުން ހިމެނެ އެވެ. ސަބަަބަކީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރާ ހޯމޯން ކަމަށްވާ އިންސިއުލިން ހަކުރު ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ނުއުފެދޭތީއެވެ. ނުވަތަ އެ ހޯމޯންގެ ބާރު ދަށްވެ ރަނގަޅަށް މަސައްކަތް ނުކުރާތީއެވެ.

ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި ހުންނަ އިތުރު ހަކުރުގެ މިންވަރު ބޭރު ކުރުމަށްޓަކައި ކިޑްނީއިން ކުޑަކަމުދާ ނަޖިސް އުފައްދާ މިންވަރު އިތުރު ވުމެވެ. އަދި މީހާ ގިނަގިނައިން ފާހާނާއަށް ދާން ޖެހުމެވެ.

ހަމައެހެންމެ ގިނަގިނައިން ކުޑަކަމުދިއުމުގެ ސަބަބުން ބަނޑުހައި ވާނެ އެވެ. ބަނޑުހައިވި ވަރަކަށް އަނގަ ތެރޭގައި ދުވާ ވަހަށް ބަދަލުތައް އަންނާނެ އެވެ. ދިރާސާ ތަކުން ބުނާ ގޮތުން ހަކުރު ބަލި ހުންނަނަމަ އަނގައިން ދުވާ ވަސް ނުބައިވާނެ އެވެ. އަދި ލޭގައި ހަކުރު މިންވަރު މައްޗަށް ދާނަމަ، އިންފެކްޝަން އުފެދި އެތެރެ ހަށީގެ ގުނަވަންތަކަށް ނޭދެވޭ އަސަރު ކުރާނެ އެވެ.

ލޮލުގެ ފެނުން ނުސާފުވުމަކީ އާއްމުގޮތެއްގައި ހަކުރު ބަލި ހުންނަ އަންހެނުންނަށް ފެންނަ އަލާމަތެކެވެ. ސަބަބަކީ ހަކުރު މައްޗަށް ދިޔަ ވަރަކަށް ލޮލުގެ ލެންސަށް ލިކުއިޑް އެތެރެވާތީ އެވެ. އެހެންކަމުން ގުލްކޯޒް ހަށިގަނޑަށް އިތުރުކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން، އަތް ނުވަތަ ފައި އައްސިވުމަކީ ހަކުރު ބަލީގެ އަލާމާތެކެވެ. މިކަން މިގޮތަށް ވަނީ ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ދައުރުވާން ޖެހޭ ވަރަށް ލޭ ދައުރު ނުވާތީ އެވެ.

އިންސިއުލިން ހަށިގަނޑުގައި މަދުނަމަ، ހަށިގަނޑުގައި ހުންނަ ފެޓް އަށާއި މަސް ތަކަށް އަސަރު ކުރާނެއެވެ. މީގެ ސަބަބުން ބަރުދަން ލުއިވެ އެވެ. އެއާއެކު އަބަދުވެސް ވަރުބަލިކަން އިހުސާސް ކުރެވުމަކީ ވެސް ފަރުވާތެރިވާންވީ ކަމެކެވެ.

ހަކުރު ބައްޔަކީ އަހަރުމެންގެ ތެރޭގައި އާއްމު ބައްޔަކަށް ވާއިރު އެކަމާ ބެހޭ އެންމެ ރަނގަޅު މައުލޫމާތު އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ.