ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން އަންނަ ފެބްރުއަރީ 5 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މެންބަރު ހުސައިން ވަހީދު އިއްޔެ އަވަހާރަވުމާ ގުޅިގެނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުސައިން އަވަހާރަވީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށެވެ.
އިންތިޚާބާއި ބެހޭ ގާނޫނު ބުނާގޮތުން މަޖިލީހުގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ގޮނޑި ގޮނޑި މަމެން ޕިންކީން އެބަ ބޭނުންވެއޭ ކުދިންނޭ އިންޑިއާގެ އަޅުވެތި ކަމުން އަދި އިންޑިއާގެ ސިފައިންގެ ބަޑީގެ އުއްޑަނަ އިން ދިވެހިން ސަލާމަތް ކުރަން ބޭނުންނަމަ އެބަޖެހޭ ކޮމަންޑޫ ދާއިރާގެ ގޮނޑި މަމެން ޕިންކީންނަށް ދޭން މިހާރުން މިހާރަށް އިންގިލާބީ ހަރަކާތުން ވެސް މަމެން ޕިންކީން ނާއި ގުޅިގެން ބަލަންވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ޕިންކީންނަށް ލިބޭތޯއޭ ބެކް ޓު ލައިފް ބެކް ޓު ލައިފް ހޭންޑްސް އަޕް ކުދިންނޭ ބޭބީ މީއޭ ފަހަރަކީ ބޭބީ މީއޭ ފަހަރަކީ ސޯ ލާރޖް ކޮށް ކެމްޕެއިން ޖައްސަން
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ 5ގައި ބާއްވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިފަހަރު ޖެހޭނެއޭ މުރުތައްދޭ މެން ހޫރާލަން ރާއްޖޭގެ ދަނޑިން ބޭރަށް ޕިންކީން ބަލަންވީ މަމެން ޕިންކީން ނަށް ލާރޖް ކޮށް ކެމްޕެއިން ޖައްސައިގެން ކޮމަންޑޫ ދާއިރާގެ ގޮނޑި އުފުރާލެވޭތޯއޭ އައި ފީލް ލައިކް ހެޕީ ސީޒަން އިޒް އެޕްރޯޗިންގް ބޭބީ އައި ތިންކް އައި ރިމެމްބަރ ދޯސް އައިޒް އައިޒް އައިޒް ސޯ ގޮނޑިން ހުރިހާ ކުދިން ވެސް ތެދުވެ ދެއަތް މައްޗަށް ނަގާ ނަށާލަންވީއޭ ސޯ ކަމޯން ބޭބީ ދިސް ޓައިމް ޗޭންޖް ދަ ކަލަރސް އޮން