ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް 42 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 22 މީހެކެވެ. އޭގެތެރޭގައި 19 ދިވެހީންނާއި 23 ބިދޭސީއަކު ވެސް ހިމެނެ އެވެ. އެ އެންމެން ޕޮޒިޓިވްވީ 1،920 ސާމްޕަލް ޓެސްޓް ކުރުމުންނެވެ.

އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 11,701 އިން މަތީގަ އެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ އަދަދަކީ 773 އެވެ. އެ ބަލީގައި ރާއްޖެއިން 38 މީހަކު ވަނީ މަރުވެފަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނީ 51 މީހަކަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ.

ރާއްޖޭގެ ޖުމްލަ 16 ރަށެއްގައި 26 މީހަކަށް ބަލިޖެހިފައިވެ އެވެ. އަދި 26 ރިސޯޓެއްގައި 38 ފަތުރުވެރިންނާއި 82 މުވައްޒިފުންނަށް ބަލި ޖެހިފައިވެ އެވެ.