ވޮޝިންޓަން (23 ޑިސެމްބަރު) - ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނަށް އީރާނުން ފޮނުވި ކަމަށް ބެލެވޭ ހަތިޔާރު ޝިޕްމަންޓެއް އެމެރިކާގެ ކަނޑުގެ ސިފައިން އަތުލައިގަނެފި އެވެ.
އެއްވެސް ގައުމަކަށް ނިސްބަތް ނުވާ މަސް ބޯޓެއްގައި އުފުލި އެ ޝިޕްމަންޓްގައި 1،000 އަށް ވުރެ ގިނަ އޭކޭ-47 ރައިފަލްސްއާއި ރަޝިއާގެ އެންޓި މިސައިލް ޓޭންކެއްގެ އިތުރުން އަތު ބޮންތަކެއް ހިމެނޭ ކަމަށް އެ މިޝަންގައި ހަރަކާތްތެރިވި ނޭވީގެ އުޅަނދުން ބުނެފައިވެ އެވެ.
އެ އުޅަނދުން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ މަސްބޯޓު ބަލާ ފާސްކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ބޯޓުގައި ތިބި ފަސް ފަޅުވެރިންނަކީ ވެސް ޔަަމަނުގެ ރައްޔިތުން ކަމަށެވެ. އަދި މި މީހުން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވޭނެ ކަމަށް ވެސް ނޭވީން ބުނެފައިވެ އެވެ.
އަތުލައިގަނެވުނު ބޯޓަކީ ބައިނަލްއަގުވާމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެންނާތީ ބޯޓުގައި ހުރި ހަތިޔާރާއި ނުރައްކާތެރި މުދާ ނެގުމަށްފަހު ނޭވީން ވަނީ ބޯޓު ކަނޑު ފައްތާލާފަ އެވެ.
"ބައިނަލްއަގުވާމީ ކަނޑުތަކުގެ ރައްކާތެރިކަން ޔަގީންކޮށް އެ ކަނޑުތަކުގައި އުފެލޭ މުދަލަކީ ގާނޫނާ އެއްގޮތަށް އުފުލޭ މުދާކަން ޔަގީން ކުރުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރާނެ،" އެ ބަޔާނުގައިވެ އެވެ.
އީރާނުން ވާގިވެރިވާ ހޫތީންގެ ޖަމާއަތުން ވަނީ މެދުއިރުމަތީގެ ގައުމުތައް، ހާއްސަކޮށް ސައޫދީ އަރަބިއާގައި އެ ޖަމާއަތުގެ ހަރަކާތްތައް އިތުރުކޮށް ދޭ ހަމަލާތައް ވެސް ގިނަކޮށްފަ އެވެ. -- އަލް އަރަބިއްޔާ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި