އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރަށް އަދިވެސް އައިސީޔޫގައި ފަރުވާދެމުން ގެންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި ލަތާ އެޑްމިޓްކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ދެރަވުމާ ގުޅިގެންނެވެ.

ލަތާގެ ޑޮކްޓަރު، ޕްރަތީތް ސަމްދާނީ ބުނިގޮތުގައި ލަތާ ކުރިއަށް ވުރެ ހާލު ރަނގަޅެވެ.

ނަމަވެސް އަދިވެސް އޭނާއަށް އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށް ލަތާގެ ޑޮކްޓަރު ވަނީ ބުނެފަ އެވެ. އަދި އައިސީޔޫގައި ލަތާ އޮބްޒަވޭޝަންއަށް ބޭއްވަންޖެހޭކަމަށްވެސް ލަތާ ބުނެފައިވެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ލަތާއަށް ދަނީ ނިއުމޯނިޔާއަށްވެސް ފަރުވާ ހޯދަމުންނެވެ. ނަމަވެސް މިވަގުތު އޭނާއަށް ފަރުވާދެމުން ގެންދަނީ އޮކްސިޖަން ޖަހައިގެން ނޫންކަމަށްވެސް އިންޑިޔާ ނޫސްތަކުން ބުނެ އެވެ.

ލަތާއަކީ މުޅި އިންޑިޔާގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ މޮޅު ލަވަކިޔުންތެރިއެކެވެ.

އޭނާ ވަނީ ބޮލީވުޑްގައި ލަވަކިޔުމުގެ އިތުރުން މިއުޒިކް ޑައިރެކްޓްކޮށްދީ، ޕްލޭބެކް ސިންގިންގައި ބޮޑު ރޯލެއް އަދާކޮށްފީފަ އެވެ.