1. ލީޝާ ގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ސިފައަކީ ލީޝާގެ އިސްތަށިގަނޑު. ކޮބާ ހެއާ ކެއާ ރޫޓިން އަކީ؟
ޖަވާބު: އެންމެ ކުޑައިރުން ފެށިގެން ވެސް އިސްތަށިގަނޑަށް ކޮމްޕްލިމެންޓްސް ލިބޭ. މަންމަގެ އިސްތަށިގަނޑު އަދި މާ ބޯވާނެ. ހަނދާންވޭ ކުޑައިރު ވެސް ކާށި ތެޔޮ ލާފަ ބޯ މަސާޖްކޮށްދޭ ހަނދާން. ދެން މިހާރު ބޭނުންކުރަނީ އާމްލާ އޮއިލް އަދި ރޯސްމެރީ އޮއިލް ސްކަލްޕްގަ. ކާށި ތެޔޮ ބޭނުންކުރަނީ އެންޑްސްގަ. ކޮންމެ ދުވަހަކު ވެސް ސްކަލްޕް މަސާޖްކުރަން. އެކަމަކު ދޮންނަނީ ކޮންމެ ތިން ދުވަހަކުން އެއްދުވަހު. ފިނޯ ހެއާ މާސްކް ބޭނުންކުރަން ހަފްތާއަކު އެއް ފަހަރު. މާ މޮޅު ޝޭންޕޫއެއް ނުގެންގުޅެން. ޕެންޓީން ނޫނީ ސަންސިލްކް. އަޅުގަނޑަށް ރަނގަޅު އެއީ އަޅުގަނޑުގެ ހެއާ ފޯލްއެއް ނުހުރޭ. ނިދުމުގެ ކުރިން ބޯ ގަތާފަ ސިލްކް ބޮނެޓްއެއް އަޅަނީ. އަސްލު އިސްތަށިގަނޑު ފަންވާނެ އެކަމަކު ވޭވްސް ބޭނުންވާތީ ގަތަނީ.
2. ވަރަށް ފަހުންތަ މޮޑެލް ކުރަން ފެށީ؟ އެކްސްޕީރިއެންސް ކިހިނެތް؟
ޖަވާބު: ވަރަށް ފަހުން ފެށީ. މަންމަ ވެސް ކުރިން މޮޑެލް ކުރި. މަނަސް ކިޔާ މެގަޒިންއެއްގެ ކަވަރ ގާލް އަކަށް މަންމަގެ ފޮޓޯ ޖަހާފަ ހުއްޓާ ފެނުން. ކުރިން މަންމަ އެރި ދިވެހި ލަވަ އަކަށްވެސް. މޮޑެލިންގްގެ އެކްސްޕީރިއެންސް ވަރަށް ޗެލެންޖިންގް. އެއީ އަބަދުވެސް ލީޝާގެ ފޮޓޯ ނެގިއަސް ވީޑިއޯއެއް ނެގިއަސް ނަގާނީ އާއިލާއިން. އަދި އެންމެ ޝޫޓަކަށް ދެވުނީ އެކަމަކު ވަރަށް އޮފާ އާދޭ. ހަމަ ރިޖެކްޓް ކޮށްލަނީ ކޮމްފޯޓް ޒޯން އިން ސްޓެޕް އައުޓް ކުރަން އުނދަގޫ ވާތީ
3. ކޮން ލޯކަލް ބްރޭންޑް އަކާ އެއްކޮށް އެންމެ މަސައްކަތް ކުރަން ބޭނުންވަނީ؟
ޖަވާބު: އެހެން ވަކި ބްރޭންޑެއް ނެތް. އެކަމަކު ޖުވެލެރީ ބްރޭންޑް އަދި މޮޑެސްޓް ވެއާ ބްރޭންޑްތަކާ އެއްކޮށް މަސައްކަތް ކޮށްލާ ހިތްވޭ
4. ކޮބާ ލީޝާގެ ޑްރީމް ޓްރެވަލް ޑެސްޓިނޭޝަން އަކީ؟
ޖަވާބު: އެންމެ ދާ ހިތްވަނީ ނޯވޭގެ އަރޯރާ ލައިޓްސް ބަލާލަން. ދެން އަބަދުވެސް ދާހިތްވޭ ޗައިނާ ޖަޕާން އަދި ސައުތު ކޮރެއާއަށް.
5. އަބަދުވެސް ރިކޮމެންޑް ކުރާނެ ޕާފިއުމެއް އެބައިންތަ؟
ޖަވާބު: އެނީތިންގް ވެނީލާ ސެންޓެޑް ހޭޓްސް ޓު ސީ މީ ކަމިންގް. އައި ލަވް ވެނީލާ ސްކިން ބައި ފްލާ އަދި ކަޔާލީގެ ވެނީލާ 28. ވެނީލާ މިސްޓް ބައި ބޮޑީ ފެންޓަސީއަކީ މަސްޓް ހޭވްއެއް.
6. އެބައިންތަ އެއްވެސް ލޯކަލް ޓްރެވަލް ޑެސްޓިނޭޝަންއެއް. ލީޝާ ރިކޮމެންޑް ކުރާ؟
ޖަވާބު: އައި ލަވް ލޯކަލް ޓްރެވަލިންގް. އަސްލު އެހާ ގިނަ ރަށްތަކަކަށް ނުވެސް ދެވޭ. އެކަމަކު ދެވުނު ރަށްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އއ. ތޮއްޑޫ. އައި ލަވް ދަ ބީޗް އެންޑް ދަ ވޯޓާ.
7. ޕްރޮޑަކްޓް ޕްރޮމޯޝަންއަށް އިންޓްރެސްޓް ހުރޭތަ؟ ކޮން ކަހަލަ ޕްރޮޑަކްޓެއް އެންމެ ޕްރޮމޯޓް ކުރާ ހިތްވަނީ؟
ޖަވާބު: ޔެސް. އެންމެ ޕްރޮމޯޓް ކުރާ ހިތްވަނީ މޭކަޕް އަދި ޖުވެލެރީ. އައި ލަވް ޓު ޑޫ ލިޕް ކޮމްބޯސް
8. ވާހަކަ ދައްކާ އިންޓަރެކްޓް ކުރަން ޖެހޭ ކަހަލަ އެޑެއް ހަދަން އިންޓްރެސްޓް ހުރޭތަ؟
ޖަވާބު: ނޫން. އަސްލު ޓިކްޓޮކަށް ވީޑިއޯ ލާން ފެށިއިރުވެސް އައި އޯލްވޭޒް ޓެލް މައި ސެލްފް ވޮއިސް އޯވާ އެޑެއް ނުހަދާނަމޭ. ލީޝާ ދެކޭ ގޮތުގަ ވާހަކަ ނުދައްކާވެސް ބަލާ މީހުންނަށް ދޭ ޖެހޭ އިންފޮމޭޝަން ދެވޭނެ ޓިކްޓޮކްގަ. އެއީ ލީޝާގެ އޮޕީނިއަން. މޭބީ ވޮއިސް އޯވާސް އާ ނޮޓް މައި ތިންގް.
9. އެއްވެސް ވަރަކަށް ނެގެޓިވް ކޮމެންޓްސް އާދޭތަ؟
ޖަވާބު: ނެގެޓިވް ކޮމެންޓް އާދޭ. ބައެއް މީހުންނަށް ހީވޭ ލީޝާ އިނގޭހެން ޕާސަނަލީ މޯ ދޭ އައި ނޯ މައިސެލްފް. ބަޓް އައި ނޯ މައި ޓްރުތް. ހޭޓާސް އަށް ރެސްޕޮންޑެއް ނުކުރަން.
10. އެންމެ ބޮޑު ސަޕޯޓަރަކީ ކާކު؟
ޖަވާބު: މަންމަ އާ ބައްޕަ. އެ ދެ މީހުން ލީޝާއަށް ކުރާ އިތުބާރު ވަރަށް އެޕްރީޝިއޭޓް ކުރަން. ވަރަށް ޝުކުރުވެރިވެސް ވަން. ދެން ފިއަންސޭއަށް ވެސް. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދެއާ ފޯމީ. އެއަށް ފަހު އާއިލާގެ ގާތް މީހުންނާ ދެ ތިން ރައްޓެހިންގެ ސަޕޯޓް ލިބޭ.