ފެޝަން ގަހަނާ އަކީ އަސްލު ރަނާއި ރިހި ނޫން، ރަންވަންލޯ ފަދަ މައުދަނެއްގައި ރަން ނުވަތަ ރިހި ކުލަ ޖައްސާފައި ހުންނަ، ފަހުގެ ސްޓައިލަށް ފަރުމާކޮށްފައިވާ އަގުހެޔޮ ގަހަނާ އެވެ. މިއީ އާއްމުކޮށް ކޮންމެ މުނާސަބަތުތަކަށް އަޅާލަން ގެންގުޅޭ ވައްތަރެކެވެ. ކިތަންމެ ރީއްޗަސް މިވައްތަރުގެ ގަހަނާ އަކީ ފަސޭހައިން ހަލާކުވާ އެއްޗެކެވެ.

އެމީހަކަށް އެންމެ ކަމުދާ ފަށް، އަނގޮޓި ނުވަތަ ތަނޑީގައި، މިލަ ޖަހައިފި ނަމަ ފަސޭހައިން އާ ކޮށްލެވިދާނެ ގޮތެއް އެބަ އޮތެވެ.

ތައްޓެއްގައި ފޮއިލް އަޅައި، ފޫ ފޮރުވޭ ގޮތް ހަދާށެވެ. އެއް ސަމުސާ ލޮނު އަދި އެއް ސަމުސާ ބޭކިން ޕައުޑަރު ތައްޓަކަށް އަޅާށެވެ. މައިކްރޮވޭވްގައި ދެ މިނެޓް ވަންދެން ހޫނު ކޮށްލުމަށް ފަހު އެ ފެން ފޮދު، ތަށި ތެރޭގައި ހުރި ލޮނާއި ބޭކިން ޕައުޑަރުގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އެއް މިނެޓު ވަންދެން އެއްކޮށްލުމަށްފަހު ސާފު ކޮށްލަން ބޭނުންވާ ގަހަނާ އޭގެ ތެރެއަށް ލާށެވެ. ގާތްގަނޑަކަށް އެއް މިނެޓު ފަހުން ގަހަނާތައް އޭގެ ތެރެއިން ނެގުމަށް ފަހު ހިކި މަޑު ފޮތިކޮޅަކުން ފޮހެލާށެވެ.

މި ގޮތުގެ މަތިން ގެންގުޅޭ ގަހަނާތައް އޭގެ ރީތި ކަންމަތީގައި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ އެވެ.