މަޝްހޫރު ފިލްމީ ފަންނާނެއްކަމަށްވާ ތުޝާރް ކަޕޫރް ހުރީ އޭނާގެ ހަޔާތަށް ލޯބިވެރިއަކު ހޯދަން ތައްޔާރަށް ކަމަށް އޭނާ ބުނެފި އެވެ.

އިންޑިޔާގެ ނޫސްތަކަށް މައުލޫމާތުދެމުން ތުޝާރް ބުނީ، އޭނާގެ ހަޔާތް އިތުރަށް ފުރިހަމަ ކުރުމަށް ލޯބިވެރިއަކު ގެނައުމަށް ވިސްނިނަމަވެސް، ލޯބިވެރިއަކު ނެތުމަކުން ވަކި އޭނާގެ ހަޔާތް ފުރިހަމަ ނުވެ ނުދާކަމަށެވެ.

އެކަނިވެރިކަމާއިއެކު ބައްޕައެއްގެ ދައުރު އަދާކުރަމުންދާ ތުޝާރް ވަނީ ދަރިފުޅާއިއެކު އޭނާގެ ހަޔާތް ބާއްޖަވެރިކަމަށް ބުނެފަ އެވެ. 2016 ވަނަ އަހަރު ތުޝާރް ދަރިއަކު ހޯދާފައިވަނީ ސަރުގެސީ މެދުވެރިކޮށްށެވެ. ތުޝާރްއަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

ތުޝާރް ކަޕޫރްއަކީ އެކްޓަރު ޖީތޭންދްރަ އާއި ފިލްމު އަދި ޓެލެވިޝަން ޕްރޮޑިއުސަރު އޭކްތާ ކަޕޯރްގެ ފިރިހެން ކޮއްކޮ އެވެ.

އޭގެ އިތުރުން ތުޝާރް ވަނީ ފިރިހެން ދަރިއަކު އެކަނި ބަލައި ބޮޑުކުރުމުގެ ތަޖުރިބާއާ ގުޅޭގޮތުން ފޮތެއްވެސް ލިޔެފަ އެވެ.

އޭނާ ބުނާގޮތުން ލޯބިވެރިއަކު ހަޔާތަށް ގެނައުމަށް ބޭނުންވި ނަމަވެސް އޭނާ އެކަމުގައި އަވަސް އަރުވާކަށް ބޭނުމެއް ނުވެ އެވެ. އަދި ލޯބިވެރިއަކު ހޯދަނީ އޭނާގެ ހަޔާތް އިތުރަށް ފުރިހަމަ ކުރުމަށް ކަމަށާއި، ހަޔާތުގައިވާ އުނިކަމެއް ފިލުވުމުގެ މަގުޞަދެއްގައި ނޫންކަމަށް އޭނާ ބުނެ އެވެ.