އަލިގަދަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފަލަ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އިސްރާއިލްގެ ހައިފާ ޔުނިވާސިޓީ އިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން، ރޭގަނޑުގެ ވަގުތުތަކުގައި އަލިކަމެއް ނެތް ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ އަލިކަން ލިބޭ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފަލަ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާ ކުރި ޓީމުން އެ ނިންމުން ނިންމާފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާ އިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކާއި، އެކަށީގެންވާ ވަރަށް ވުރެ ފަލަ މީހުންގެ އާބާދީ ބެހިފައިވާ ގޮތް ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެއްކޮށްފައިވާ މައުލޫމާތު އަޅާކިޔުމަށް ފަހުގަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ރޭގަނޑުގެ ވަގުތުތަކުގައި އަލިކަން ލިބޭ މީހުން މާ ބޮޑަށް ކާހިތްވެ އެވެ.

"ރޭގަނޑު ވެސް އަލިކަން ލިބޭތީ، ގިނައިން ކާހިތްވޭ. ރޭގަނޑަކީ އާއްމުކޮށް ކާނާ ހަޖަމު ވުން ލަސް ވަގުތެއް.،" ދިރާސާގައިވެ އެވެ.

އެ ދިރާސާ ޓީމުން ބުނީ، އާޓިފިޝަލް އަލިން މީހުންގެ ބަރުދަނަށް ބަދަލު އަންނަ "ސީދާ" ސަބަބު ދެނެގަނެވިފައި ނުވާ ކަމަށާއި އެކަން ވެސް ދެނެގަންނަން ޖެހޭ ކަމަށް އެ ދިރާސާ ޓީމުން ބުނެ އެވެ.

ބެލެވޭ ގޮތުގައި އެފަދަ ޑިވައިސްތަކުގެ އަލިން، ހަށިގަނޑުގައި މެލަޓަނިން ހޯމޯން އުފައްދާ މިންވަރު މަދުކޮށްދެ އެވެ. މެލަޓަނިން އަކީ ނިދި ހަމަވުމާއި ބަރުދަނާ ގުޅިފައިވާ ހޯމޯން އެކެވެ.