މުރަވަތްކަކީ ގިނަ އަދަދެއްގެ ވިޓަމިން އާއި ނިއުޓްރިއެންޓްތަކުގެ އިތުރުން އެންޓިއޮކްސިޑެންޓްތައް ވެސް އެކުލެވިގެންވާ، ސިއްޙަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މި މޭވާއިން ޖޫސް ގިރައިގެން ބުއިމަކީ ހަށިގަނޑަށް ގިނަ ފައިދާތައް ލިބޭ ކަމެކެވެ.

ހަށިގަނޑުން ވިހަ މާއްދާތައް ބޭރު ކޮށްދޭ

ކުރިންވެސް ބުނިފަދައިން އާމްލާ އަދީ ވަރަށް ގިނަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ އެއްޗެކެވެ. އެންޓިއޮކްސިޑެންޓަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް މަސައްކަތްކޮށްދޭ މާއްދާ ތަކެކެވެ. މި ވިހަތަކަކީ އާންމުކޮށް ހަޖަމުގެ ނިޒާމަށް އަސަރު ފޯރުވައި، އެ ނިޒާމު އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސް އަޅާ މާއްދާ ތަކެކެވެ. އޭގެ ސަބަބުން ބަރުދަން ލުއިކުރަން އުނދަގޫވެ އެވެ. ނަމަވެސް މި ޖޫސް ބުއިމުން އޭގައި ހުންނަ އެންޓިއޮކްސިޑެންޓްތަކުގެ އެހީގައި ވިހަތައް ބޭރުވެ، ބަރުދަން ލުއިކުރަން ފަސޭހަވެގެންދާނެ އެވެ.

ބަނޑު ހަރުވުން ހައްލު ކޮށްދޭ

މުރަވަތްކަކީ ބަނޑު ހަރުވުން ރަނގަޅުކޮށްދީ، ފަސޭހައިން ބޮޑުކަމުދިއުމަށް އެހީވެދޭ މޭވާ އެކެވެ. އޭގެ ސަބަބުންވެސް ބަރުދަން ލުއިކުރަން ފަސޭހަ ވެގެންދެ އެވެ.

ހަކަތަ އިތުރު ކޮށްދޭ

ކަސްރަތުކުރާއިރު، ރަނގަޅު ޑައިޓެއްގެ އިތުރުން ރަނގަޅު ހަކަތަވެސް ހަށިގަނޑަށް ބޭނުންވާނެ އެވެ. ޅަ މުރަވަތްކަކީ ނިއުޓްރިއެންޓްތަކާއި ވިޓަމިން ސީ އިން ފުރިގެންވާ އެއްޗެކެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ފެނާއި ހަކަތަ އާމްލާއިން ލިއްބައިދެ އެވެ.

މެޓަބޮލިޒަމް އަވަސްކޮށްދޭ

ބައެއް މީހުންގެ މެޓަބޮލިޒަމް ރޭޓް ދަށްވުމުގެ ސަބަބުން ވަރަށް އަވަސް އަވަހަށް ބަރުދަން އިތުރުވާގޮތް ވެއެވެ. މެޓަބޮލިޒަމް އަކީ ކާ އެއްޗެހި ހަޖަމުކޮށްދީ، ހަކަތައަށް ބަދަލުކޮށްދޭ ނިޒާމަށް ކިޔާ ނަމެކެވެ. މުރަވަތްކަކީ މެޓަބޮލިޒަމް އަވަސްކޮށްދީ، ހަށިގަނޑުގައި ސަރުބީ ރައްކާކުރެވޭ މިންވަރަށްވުރެ އަވަހަށް ކާބޯތަކެތި ހަޖަމްކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ބަރުދަން އިތުރުވުމުގެ ފުރުސަތު ކުޑަވެ އެވެ.

5. ގިނައިރުވަންދެން ބަނޑުހައި ނުވެ ހުރެވޭ

އާމްލާ ޖޫހަކީ ގިނައިރުވަންދެން ބަނޑުފުރިފައި ހުރިކަމުގެ އިހުސާސްކޮށްދޭ މޭވާއެކެވެ. އޭގެ ސަބަބުން ގިނަގިނައިން ކާހިއްވާ މިންވަރު ދަށްވެ، ހަށިގަނޑަށް ގެއްލުން ހުރި ލުއިކާނާ ފަދަ ތަކެތި ކެއުމުން ދުރުހެލިވެ އެވެ.

އާމްލާ ޖޫސް ތައްޔާރުކުރާނެ ގޮތް:

2-3 މޭޒުމަތީ ސަމުސާ އާމްލާ ހުތް ނުވަތަ އާމްލާ ޕައުޑަރ ފެން ތަށްޓަކަށް އަޅާ ގިރާލުމަށްފަހު ބޯލާށެވެ. ހޫނު ފެނާއެކު މި ބުއިން ބުއިމަކީ އޭގެ ފައިދާތައް އިތުރުކޮށްދޭ ކަމެކެވެ. އެހެންނަމަވެސް އާމްލާ އަކީ ބައެއް މީހުންނާ ނުގުޅޭ އެއްޗެއްކަމުން، އެއްވެސް މައްސަލައެއް ދިމާވާނަމަ އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދާށެވެ.