ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނާ އަށް ލިބެންޖެހޭ ހަމަ ނިދި ނުލިބޭ ނަމަ އޭގެ އަސަރު ސިކުނޑިއަށް ކުރެ އެވެ. އަދި އޭގެ ސަބަބުން “އަލްޒީމާ” ގެ ބަލިތައް ސިކުނޑިއަށް ޖެހެ އެވެ.

ނިއުރޯ ސައިންޓިސްޓުން ވަރަށް ފަހުން ހޯދި ދިރާސަތަކުން ދައްކާގޮތުގައި ނިދި ހަމަޔަށް ނުލިބޭނަމަ ސިކުނޑީގައި އެކުލެވޭ ނިއުރޯންސްތައް މަދުވެ އެވެ. ހަމަ އެހެންމެ ނިދި މަދުވުމުގެ ސަބަބުން ޑެމެންޝިއާ ކިޔާ ވަރަށް ނުރައްކާތެރި ބައްޔަށް ޖެހެން ވެސް މެދުވެރިވެ އެވެ.

ހަގީގަތުގައި ނިދުމަކީ ސިކުނޑީގެ މެޓަބޯލިކް ހޯމިއޮސްޓެޓިސް މަރާމާތުކޮށްދޭ އެއްމެ މުހިއްމު ކަމެވެ. އަދި ނުނިދާ ގިނައިރު ހުންނަނަމަ ސިކުނޑީގައި ނިއުރޯންސް މަދުވާން ފަށަ އެވެ.

އިންސާނުންގެ ނިދުމުގެ އާދަތަކަށް ހާނުވާފައިވާ މީދާތަކެއް ބޭނުން ކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހަމނިދި ނުލިބުމުގެ ސަބަބުން އޭތީގެ ސިކުނޑިއަށް ބަދަލު ތަކެއް އައެވެ، އަދި 25 އިން ސައްތަ ސިކުނޑީގެ އެކުލެވޭ ނިއުރޯންސް ތައް މަދުވެގެން ދިޔައެވެ.

މި ނިއުރޯންސްތަކަކީ ސިކުނޑީގެ ވިސްނުމުގެ ބާރާއި، ކަންކަމަށް ޝައުގުވެރިވުމުގެ ބާރު އިތުރު ކޮށް ދިނުމާއި އަދި ހިތްނުތަނަވަސްވުން އަދި ކަންކަމަށް ފޫހިވުން ދުރުކޮށްދޭ އެންމެ މުހިއްމު ބައި ކުޅެދޭ ނިއުރޯންސް ތަކެވެ.

އެހެންވުމުން ހަމައަށް ނިދި ނުލިބޭނަމަ ސިކުނޑިއަށް ފަސޭހަ ނުވާނެ ބަލިތަކެއް ޖެހިދާނެކަމަށް އަހަރުމެން ގަބޫލުކުރަން އެބަޖެހެ އެވެ. ނިދި މަދުވުމުގެ ސަބަބުން ދޮށީ އުމުރު ނުވަތަ އުމުރުން 60 އަހަރުން މަތީގެ ކޮންމެ ހަ އަންހެނުންގެ ތެރެއިން އެކަކަށް ސިކުނޑީގެ ބަލިޖެހޭކަމަށް ދިރާސާތަކުން ދައްކަ އެވެ. މި އުމުރުގެ ފިރިހެނުންނަށް މި ފުރުސަތު އޮންނަނީ ކޮންމެ އެގާރައަކުން އެކަކަށެވެ.

ސިކުނޑީގެ ބަލި ނުވަތަ އަލްޒީމާ އަކީ ފަރުވާއެއް އަދި ހޯދިފައި ނުވާ ބައްޔެކެވެ. ވީމާ މިފަދަ ސިކުނޑީގެ ބަލިތަކުން ސަލާމަތް ވުމަށް އަހަރުމެން ހަމަނިދި ހޯދަންޖެހެއެވެ.